ދިވެހިރާއްޖެ
ވާރލްޑް ބޭންކުގެ ހިލޭ އެހީ ލިބިގެން ހިންގާ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސަރުކާރުގެ މަސްވެރިކަމުގެ ވަޢުދު [ކަނޑުފަޅުގެ ފައިދާ ނެގުން] މި ސިޔާސަތުގެ ތަންފީޒުކުރުމަށްޓަކައި އެކުލަވާ ލެވުނު މެރިކަލްޗަރ މަޝްރޫޢުތަކަށް ތިރީގައިވާ ތަކެތި ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
Plastic Nets
| 
 Place of delivery  | 
 Colour  | 
 Weight  | 
 Hole shape  | 
 Hole size  | 
 Roll size  | 
 Description  | 
 Quantity  | 
 Item No.  | 
| 
 K. Maniyafushi  | 
 Black  | 
 500-700 g/sqm  | 
 Diamond  | 
 15-13 mm x 15 -13 mm  | 
 1 m x 25 m  | 
 Extruded high density polyethylene (HDPE) plastic net  | 
 300 rolls  | 
 1  | 
| 
 K. Maniyafushi  | 
 Black  | 
 500-700 g/sqm  | 
 Diamond  | 
 10 mm x 10 mm  | 
 1 m x 25 m  | 
 Extruded high density polyethylene (HDPE) plastic net  | 
 100 rolls  | 
 2  | 
| 
 K. Maniyafushi  | 
 Black  | 
 500-700 g/sqm  | 
 Diamond  | 
 5-6 mm x 5 -6 mm  | 
 1 m x 25 m  | 
 Extruded high density polyethylene (HDPE) plastic net  | 
 60 rolls  | 
 3  | 
މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2020 ޖުލައި 8 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރުމަށް ދެންނެވީމެވެ.
[email protected] /3028702
- މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޖުލައި 15 ވާ ބުދަ ދުވަހުގެ 10:00 ކުރިން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (ހ.ވައިޓްވޭވްސް) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.
 - އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަދި ސިޓީ އުރައިގެ ބޭރުގައި ހުށައެޅި ފަރާތާއި ، ގުޅޭނެ 2 ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
 - އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވާ ތާރީހާއި ވަގުތު ފަހުން އަންގާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.
 
މަސައްކަތާ ގުޅޭ އިތުރު ތަފްސީލް:
- އަގު ހުށަހަޅާނީ ކޮންމެ އައިޓަމަކަށް ޖެހޭ އަގު ވަކިން އެނގޭ ގޮތަށް
 - މުއްދަތު: މަސައްކަތް ޙަވާލުކުރާ ތާރީޚުން ފެށިގެން 70 ދުވަސް
 
އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނެ ގޮތް
- އަގަށް 80 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 80 )
 - ތަޖުރިބާއަށް 20 ޕޮއިންޓް (ތަޖުރިބާއަށް ޕޮއިންޓު ދޭނީ މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނުވަތަ އެއަށް ވުރެ ގިނައިން ނިންމާފައިވާ ފަރާތްތަކަށް 20 މާރކްސް ލިބޭނެއެވެ.)
 
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
- ކޮށް ނިމިފައިވާ ނުވަތަ ކުރަމުންދާ ގުޅުންހުރި މަސައްކަތްތަކުގެ މަސައްކަތް ކުރިކަމުގެ / އެވޯޑްކުރިކަމުގެ ލިޔުންތައް
 - ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
 - ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
 - ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028718 އަދި 3028702 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
