ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނީގެފީ ބަލައިގަތުމާއި ބެހޭ

ކުނިފީ ބަލައިގަތުމާއިބެހޭ

                ކޮވިޑް 19 އާއިގުޅިގެން އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވުމާއި އަދި ނިމިދިޔަ ރަމަޟާން މަސްވެސް ކޮވިޑް 19 ގެ ދަތި ދުވަސްވަރާ ދިމާވުމުން، ރައްޔިތުންނަށް މާލީގޮތުން ލުޔެއްދިނުމަށްޓަކައި (އޭޕްރީލް، މެއި، ޖޫން) މިތިންމަސްދުވަހުގެ ކުނީގެ ފީ މަޢާފްކޮށްދިނުމަށް، ހަނިމާދޫ ކައުންސިލުން ނިންމެވުމާއި ގުޅިގެން އެމުއްދަތުގައި ކުނިގެފީ ވަނީ މައާފުކުރެވިފައެވެ.

                ވީމާ، 2020 ޖުލައި މަހުގެ ކުނީގެފީ 2020 ޖުލައި 10 ވަނަ ދުވަހުގެ ކުރިން ދެއްކެވުމަށާއި، އަދި ކުރިއަށްއޮތް މަސްތަކުގެ ކުނީގެ ފީ ވެސް ކުރިއެކޭއެއްގޮތަށް ދައްކަވަމުން ގެންދެވުމަށް އަންގާ އިޢުލާން ކުރީމެވެ.  

02 ޖުލައި 2020
ހޯދާ