ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

މި އިދާރާއަށް ކޮންޓްރެކްޓް އުޞޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމް

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ކޮންޓްރެކްޓް)

މަޤާމްގެ ނަންބަރު:

201

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަޤާމުގެ މުއްދަތު ހަމަވާ ތާރީޚް:

12 (ބާރަ) މަސް (2020 ޖުލައި 16 އިން 2021 ޖުލައި 15 އަށް)

މަޤާމުގެ ރޭންކް:

ޖީ.އެސް 04

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާގައި

މުސާރަ:

-/5,020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)

މުސަރައިން އުނިކުރާ ގޮތް:

ގަޑީލާރި ފައިސާ އާއި ޙާޟިރުނުވާ ރަސްމީ ދުވަސްތަކަށް އަސާސީ މުސާރަ އާއި ސަރވިސް އެލަވަންސް އިން ދުވާލަކަށް ޖެހޭ ޢަދަދު އުނިކުރެވޭނެއެވެ.

ރަސްމީ މަސައްކަތު ގަޑި:

ކޮންމެ ސަރުކާރު ރަސްމީ ދުވަހެއްގެ 08:00 ން 14:00 އަށް (ދުވާލަކު 6 ގަޑިއިރު)

(ނޯޓް: މި ގަޑިއަށް ސަރުކާރުން ބަދަލެއް ގެނެސްފިނަމަ އެ ގަޑިއާއި ވަގުތަށް ބަދަލުވާނެއެވެ.)

އެހެނިހެން އެލަވަންސްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

  2. މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ ގޮތެއްގެ މަތިން ރަމަޟާން އެލަވަންސް ދެވޭނެއެވެ.

މި ކޮންޓްރެކްޓް ދަށުން ލިބޭ ޗުއްޓީތައް:

މި ކޮންޓްރެކްޓުގެ ދަށުން އަހަރީ ޗުއްޓީއެއް ނުލިބޭނެއެވެ. ނަމަވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި 30 (ތިރީސް) ދުވަހާއި އަދި އާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 (ދިހައެއް) ދުވަސް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ސެކްޝަނަށް ލިބޭ ސިޓީމެސެޖް ތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ސެކްޝަނުގައި ހުންނަވާ ސިވިލްސަރވިސް އިސްވެރިޔާގެ މަޝްވަރާއެކު ސެކްޝަން އޯވަސިސް ކުރައްވާ ކައުންސިލަރގެ ލަފާގެ މަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  2. ސެކްޝަނުން ރާވާ ހިންގާ ކަންތައްތަކުގެ މަޢުލޫމާތު ނޯޓްކޮށް ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާގައި ހިމެނުމަށް ދުވަހުން ދުވަހަށް ކޯޕަރޭޓިވް އެފެއާޒް ސެކްޝަނަށް ޙަވާލުކުރުން.
  3. ސެކްޝަނުން ތައްޔާރުކުރަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް އެރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
  4. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ތައްޔާރު ކުރަންޖެހޭ ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އިދާރާގެ އެހެން ސެކްޝަންތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުމާއި އެ ޕްލޭންތަކަށް އަންނަ ބަދަލުތައް ގެނައުމާއި އަދި އެ ޕްލޭންގައި ހުރި ކަންކަން ތަންފީޒުކުރޭތޯ ބަލާ ޗެކްކުރުން.
  5. ހޯރަފުށީ ކައުންސިލް އިދާރާއިން ކުރަމުން ގެންދާ ތަރައްޤީގެ ކަންކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ސެކްޝަން ޙަވާލުވެ ހުންނަވާ ފަރާތުގެ މަޝްވަރާއާއެކު ސެކްޝަން އޯވަރސިސް ކުރައްވާ ކައުންސިލަރުގެ ލަފާގެ މަތިން ކުރަމުން ގެންދިއުން.
  6. ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުން ކުރުމަށްޓަކައި ކައުންސިލުންހަދާ ޤަވާޢިދު ތަކާއި އަދި އުޞޫލުތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް އެކަންކަމާގުޅިގެން ހަދަންޖެހޭ އެންމެހައި ޕްލޭންތަކާއި ޕްރޮގްރާމްތައް އަދި މަސައްކަތު އެކްޓިވިޓީޒްތައް އެކުލަވާލައި އެކަންކަމުން ނަތީޖާ ނެރެވޭގޮތަށް މަސައްކަތް ކުރުން.
  7. ރަށުގެ ޕްލޭންނިންގ އާއިބެހޭ އެންމެހައި ދާއިރާ ތަކުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ތަކަށާއި އަދި އޮފީސް ތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
  8. ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން ބޯހިމެނުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  9. ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ މަސައްކަތް ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން ކުރުން.
  10. ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުއް:

  1. ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

ތައުލީމީ ރޮނގުތައް:

  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕްރޮޖެކްޓް މެނޭޖްމަންޓް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

100

45

40

ޖުމްލަ

210

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45  (ސާޅިސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން  އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޖުލައި 13 އާއި 2020 ޖުލައި 15 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ހޯރަފުށީ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އަ.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފައްދުވަހުގެ ސެޓުފިކެޓް، ޕާސްޕޯޓް، ނުވަތަ ޑްރައިވިންގ ލައިސެންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒިފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2020 ޖުލައި 13 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޛުލްޤާއިދާ 1441

02 ޖުލައި 2020
ހޯދާ