ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯޓް ޚިދުމަތްތައް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން 04 ޖުލައި 2020 އިން ފެށިގެން މިއިދާރާއިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ތިރީގައި ދަންނަވަމެވެ. ޚިދުމަތް ލިބިވަޑައިގަންނަވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 13:00 އަށެވެ.

1-     އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އާކުރުން. (ގެއްލިގެން، ޙަލާކުވެގެން، މުއްދަތު ހަމަވެގެން)

2-     އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރޯޑްވާދިނަސް ސްޓިކަރ ދޫކުރުން.

3-     އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާ ގުޅުން ހުރި ޚިދުމަތްތައް.

4-     ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާ ގުޅުން ހުރި ޚިދުމަތްތައް. (އަލަށް ހެއްދުން ފިޔަވާ)

5-     ޓެކްސީ ދުއްވުމުގެ ހުއްދަ ދޫކުރުން.

6-     ޓެކްސީ ކުރުމުގެ ލައިސަންސް އަދި ސްޓިކާ ދޫކުރުން.

7-     އޮޑީ ނަންބަރު ދޫކުރުން.

8-     ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސްގެ އަހަރީ ފީ ބަލައިގަތުން.

  މިގޮތުން ޚިދުމަތް ހޯއްދަވާއިރު ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިޖްތިމާޢީ ގައިދުރުކުރުމުގެ މިންގަނޑުތައް ހިފެހެއްޓުމާއި، ޢާއްމު ސިއްޚަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. ކައުންސިލް އިދާރާއަށް ޚިދުމަތް ހޯއްދެވުމަށް ވަދެވޭނީ އިދާރާގެ އެތޭރޭގައި 08 މީހުނަށްވުރެ އިތުރު ނުވާ ގޮތަށެވެ. އަދި ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު މާސްކް ބޭނުން ކުރެއްވުމަށް ދަންނަވަމެވެ.

02 ޖުލައި 2020
ހޯދާ