ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި މަސްކަނޑާތަނެއް ހެދުމާއި ގުޅޭ

 

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

           މާމެންދޫ

     ދިވެހިރާއްޖެ             

  ނަންބަރ: (IUL)403-A/403/2020/109

އިޢުލާނު

ބަނދަރު ސަރަހައްދުގައި މަސްކަނޑާނެ ތަނެއް ހެދުމާއިގުޅޭ

       ބަނދަރު ސަރަހައްދުގައި މަސްކަނޑާނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު(IUL)403-M/403/2020/98: (03 ޖޫން 2020) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓުތަކުގެ އަގު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ސާފުކުރުން: 12 ޖުލައި2020  ވާ އާދީއްތަ ދުވަހުގެ 10:00 އަށް

* އަންދާސީ ހިސާބު ހުށަހެޅުން: 22 ޖުލައި 2020 ވާ ބުދަ ދުވަހުގެ 10:00 އަށް

            މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުމާއި އެކު ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

            މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

            10  ޛުލްޤައިދާ 1144

            01   ޖުލައި  2020                   ޙުސައިން ހަބީބު ޢަލީ

                                                  ކައުންސިލްގެ ރައީސް

 

01 ޖުލައި 2020
ހޯދާ