ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއި ސަރަހައްދުތައް ސާފުކުރުމާއި ގުޅޭ

އިޖުތިމާއި ސަރަހައްދުގެ ގޮތުގައި ކުނިކަހައި ސާފުކޮށް ބަލަހައްޓަމުން ގެންދާ ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި މަގުތަކާއި ގޯޅިތަކަށް ދަތިވާގޮތަށް އިންދާހައްދާފައިވާ ތަކެތި މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ނެގުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

އިޖުތިމާއި ގޮތުން ކުނިކަހައި ސާފު ކޮށް ބަލަހައްޓަމުން ގެންދާ ސަރަހައްދުތަކުގައި އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ތަކެތި ނުބެހެއްޓުމަށާއި މަގުތަކާއި ގޯޅިތަކަށް ދަތިވާގޮތަށް އެއްވެސް ބާވަތެއްގެ ރުއް،ގަސް ނުހެއްދުމަށް ނަސޭހަތްތެރި ވަމެވެ. އިޖުތިމާއި ސަރަހައްދުތަށް ސާފުކޮށް ބެލެހެއްޓުމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ޔަޤީން ކުރަމެވެ.

30 ޖޫން 2020
ހޯދާ