މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގެ މަސައްކަތާއިގުޅޭ

އިޢުލާން

ކުނިކޮށީގެ މަސައްކަތާއިގުޅޭ

މިރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މިމަސައްކަތުގެ ތެރޭގައި ކުރިން އިމާރަތް ކުރެވިފައިވާ ކުނިކޮށީގެ ތަކެތި (ދަގަނޑު، ނަރުދައު، ލަކުޑި) ފަދަތަކެތި ނަގާ އެއްފަރާތް ކުރުމަށް އަދި އެތަކެއްޗަށް އިތުރު ގެއްލުމެއް ނުވާނެ ގޮތައް ބެލެހެއްޓުމަށް ވަނީ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް އެންގިފައެވެ. މިގޮތުގެ މަތިން ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ތަކެތި، ކައުންސިލްގެ ހުއްދަނުހޯދާ ބައެއް އަމިއްލަ ފަރާތްތަކުން ކުނިކޮށި ސައިޓަށް ވަދެ ބައެއް ތަކެތި ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަދި ކުނިކޮށި ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެއްޗާއި ކުނިކޮށްޓަށް ގެންދެވޭ ތަކެތި ނަގައިގެން ގެންދިއުމަށް އެއްވެސް އަމިއްލަ ފަރާތަކައް ހުއްދަ ދީފައިނުވާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ އެއްވެސް ފަރާތަކުން ކުނިކޮށީގެ އެއްވެސް އެއްޗެއް ނުގެންދިއުމަށް އަންގާ ނަސޭޙަތްތެރިވަމެވެ. އަދި ކުނިކޮށި އަޕްގްރޭޑްގެ މަސައްކަތަށް ގެނެވިފައިވާ ތަކެތި ކޮންޓްރެކްޓަރގެ ހުއްދަ ނުހޯދާ ނުގެންދިއުމަށްވެސް އަންގަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  8 ޛުލްޤަޢިދާ 1441

29 ޖޫން 2020
ހޯދާ