ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑޫދޫއިން ދަރު، ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމާބެހޭ އުސޫލް

ކަނޑޫދޫއިން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމާބެހޭ އުސޫލް

 

1

ތަޢާރަފް

(ހ).

މި އުސޫލަކީ ކަނޑޫދޫއިން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމާބެހޭ އުސޫލެވެ.

 

 

(ށ).

މި އުސޫލަށް ކިޔަނީ " ކަނޑޫދޫއިން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމާބެހޭ އުސޫލް " އެވެ.

2

އާއްމު ބައިތައް

(ހ).

މި އުސޫލަށް އަމަލު ކުރަން ފެށުމުން،މި އުސޫލަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމުގެ ކުރިން ކައުންސިލް އިދާރާއަށް އަންގައި ހުއްދަ ހޯދަން ވާނެއެވެ.

 

 

(ށ).

މި އުސޫލުގެ ދަށުން ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމުގެ ހުއްދަ ދޫކުރެވޭނީ ކަނޑޫދޫގެ ރަށްޔިތަކަށެވެ.

 

 

(ނ).

ކަނޑޫދޫ ކައުންސިލުން އަންގާ ހުއްދަ ލިބިގެން ފިޔަވައި ކަނޑޫދޫއިން ދަރު، ފަން އަދި ބޮނބީގެ ބާވަތްތައް ރަށުން ބޭރުކުރުމަކީ މަނާކަމެކެވެ.

 

 

(ރ).

 

(ބ).

 

(ޅ).

 

(ކ).

(އ).

 

(ވ).

 

(މ)

ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމަށް އެދެންވާނީ ކައުންސިލުން އެކަމަށް ކަނޑައަޅާފާވާ ފޯމަކުންނެވެ.

ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމަށް ހުއްދަލިބި ބޭރުކުރަން އެއްކުރެވޭ ތަކެތި ރަށުގެ ބަނދަރު މަށްޗައް ނެރެވޭނީ ރަށުން ބޭރުކުރާ ދުވަހުއެވެ. އަދި ތަކެތި ބަނދަރު މަތީގައި ބެހެއްޓޭނީ ދެކުނު ކޮޅުންނެވެ.

ބަނދަރު މަތީގައި ދަރު، ފަން އަދި ބޮނބީގެ ބާވަތްތައް ރަށުން ބޭރުކުރުމަށް ބަހައްޓާ ކޮންމެދުވަހަކަށް -/500 ރުފިޔާގެ ފީއެއް ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

ބަނދަރު މަތީގައި ރަށުން ބޭރުކުރުމަށްޓަކައި ބަހައްޓާ ތަކެތި ހުންނަންވާނީ ދުއްވާ ތަކެއްޗާއި، ރަށުން ލަފާ ފުރާ މީހުންނަށް އުނދަގޫ ނުވާނެހެންނެވެ.

ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމުގައި ބަނދަރު މައްޗައް އެޅޭ ކުނިފަދަ ތަކެތި ނަގައި ތަން ސާފުކުރަންވާނެއެވެ.

އެއްވެސް ސަބަބަކާއިހެދި ރަށުން މިތަކެތި ބޭރުކުރުން ހުއްޓާލާނަމަ،އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ.

ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ.

 

 

(ފ).

މި އުޞޫލާ ޚިލާފުވެ، ތ. ކަނޑޫދޫ ކައުންސިލުން ހުއްދަ ނުހޯދައި ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރާ ފަރާތްތަށް ޖޫރިމަނާކުރެވޭނެއެވެ. މިގޮތުން ދައްކަންޖެހޭ ޖޫރިމަނާ ނުދައްކައިފިނަމަ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ތ.ކަނޑޫދޫ ކައުންސިލް އިދާރާއަށް ވީގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ފުރުޞަތު ތ.ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

3

ފީ ނެގުން

(ހ).

މި އުޞޫލާ ޚިލާފުވެ، ތ. ކަނޑޫދޫ ކައުންސިލުން ހުއްދަ ނުހޯދައި ރަށުން ދަރު،ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކޮށްފިނަމަ -/1000 ރުފިޔާ އާއި -/10000 ރުފިޔާ އާއި ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް ކައުންސިލް އިދާރާއަށް ދައްކަންޖެހޭނެއެވެ.

4

ހުއްދަ ބާތިލްކުރުން

(ހ).

މިއުސޫލުގައި ބަޔާން ކުރެވިފައިވާ އެއްވެސް އިރުސާދަރާ ހިލާފްވުން.

 

 

(ށ).

ހުއްދަ ދޫކުރެވިފައިވާ ފަރާތް ނިޔާވުން.

 

 

 

 

5

އަމަލުކުރަން ފަށާ ތާރީޙް:

(ހ).

މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލް މި ކައުންސިލުން ފާސްކޮށް  އާއްމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެނެވެ.

 

 

(ށ).

މިއުސޫލުގައި ނުހިމޭކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލް މަޝްވަރާއަށްފަހު މިކައުންސިލުންނެވެ.

 

 

29 ޖޫން 2020
ހޯދާ