ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ާއާންމު އުނދަގުލާއި ގުޅޭ

 

އިޢުލާން

 

އާންމު އުނދަގުލާއި ގުޅޭ

 

                    ކުނަހަންދޫގައި ދިރިއުޅޭ އާންމު ރައްޔިތުންގެސަލާމަތާއި ރައްކާތެރިކަމަށް މި ކައުންސިލުން މި ދަނީ އެކިއެކި މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށުތެރޭގައި އާންމުންނަށްއުދަގޫ ވާގޮތަށް ހުރި ކަންކަން ބަލައި އެކަންކަން ރަގަޅު ކުރުމަށް މިކުރާ މަސައްކަތް ތަކުގައި ތިޔަ އެންމެހާ ރައްޔިތުންގެ އެހީތެރި ކަމާއި އެއްބާރުލުން ބޭނުންވެއެވެ. ވުމާއި އެކު ތިރީގައި މި ދަންނަވާ ކަންކަމަކީ އެ ކަންކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މަސްލަހަތު ގެއްލި ނުރައްކަލުގެ ތެރެއަށް ހުށައެޅެމުންދާ ކަންކަމަށް ވާތީ ދަންނަވަމެވެ.

                    ޖެހިގެން ހުންނަ ގެޔަށް އުނދަގޫ ވާގޮތަށް އެއްގެއިން އަނެއް ގެޔަށް ގޮސްފައިވާ ފުރާޅުގެ ބައިތަކާއި ރުއްގަހުގެ ބައިތަށް އަދި މިހާރު މަގުމައްޗައް ވާ ގޮތަށައި ޖެހިގެން ހުންނަ ގޭގޭ ގޯތި ތެރެއަށް ދާގޮތަށް ޖަންގުޝަންގެ ފެންހިންދަމުން ގެންދާ ފަރާތްތަކާއި،  ދޫނި ސޫފާ ސޫފި ގޭގައި ގެންގުޅޭ ފަރާތްތަކާއި ރަށުގެ ސަރަހައްދު ތަކަށް ދޫކޮއްގެން އެފަދަ ތަކެތި ގެންގުޅޭ ފަރާތްތައް 15ޖުލައި 2020 ވާ ބުދަ ދުވަހުގެ ކުރިން އެކަން އިސްލާހު ކުރުމަށްދަންނަވަމެވެ. އަދި މިފަދަ ކަންކަމަކީ މި ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި އާންމު ކޮއްފައިވާ އާންމު އުނދަގުލާއި ބެހޭ ގަވައިދާއި ދޫނި ސޫފާ ސޫފި ގެންގުޅޭ ގަވައިދާއިި ވެސް ހިލާފު ކަމަކައްވެފައި ބަލިމަޑުކަން އިތުރުވާ ކަމެކެވެ.

                   އެހެން ކަމުން އެއްރައްޔިތަކު އަނެއްރައްޔިތެއްގެ ރައްކާތެރި ކަމާއި ސަލާމަތަށް އިސްކަން ދެއްވައިގެން ކުނަހަންދޫގައި ހުރި މިފަދަ ކަންކަން އިސްލާހު ކޮއްދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ. އަދި މި އިއުލާން އާއި ހިލާފުވާ ފަރާތްތަކާއި މެދު މި ކައުންސިލުން އާންމު ކޮއްފައިވާ ގަވައިދު ތަކުގައި ވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް އާންމު ރައްޔިތުން އަތުން ޖޫރިމަނާކޮށް ފައިސާ ނެގުމާއި ކަމާބެހޭ މުވައްސަސާތަކަށް ސަކުވާ ހުށައެޅުމަކީ މި ކައުންސިލުގެ މަގުސަދެއް ނޫނެވެ. ނަމަވެސް  އެފަދަ ކަންކަމުން ރައްޔިތުންނަށް ލިބޭ އުނދަގޫ ހުޓުވައި ރައްްޔިތުން ހޭލުންތެރިވެ އެފަދަ އެންމެހާ ކަންކަމުން ދުރުވުމަކީ މި ކައުންސިލްގެ މަގުސަދެކެވެ.

                   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2020
ހޯދާ