އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ( ޕްރައިމަރީ )

ނަންބަރު:13/GS210/IUL/2020

ވަޒީފާގެ ފުރުޞަތު  

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެ.

މަޤާމު

ރިލީފް ޓީޗަރ ( ޕްރައިމަރީ )

ގިންތި

ވަގުތީ

މުއްދަތު

އެކެޑެމިކް އަހަރު ނިމެންދެން

ބޭނުންވާ ޢަދަދު

1

މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަން

އުނގޫފާރު ސްކޫލް/ އެކަޑެމިކް  

 

ޝަރުތު އަދި ލިބިލައްވާނެ މުސާރާއި އެލަވަންސް:

ކުރިމަތިލާ ފަރާތުގެ އެންމެ މަތީ ޝަރުތަކީ

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތައުލީމް ފުރިހަމަ ކުރުން ކަމަށްވާނަމަ

4500.00 ރ. (މަހަކު)

1500.00ރ. (މަހަކު)

މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުންކަމަށްވާނަމަ

5500.00 ރ. (މަހަކު)

1500.00ރ. (މަހަކު)

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކުރުން ކަމަށްވާނަމަ

6090.00 ރ. (މަހަކު)

2500.00ރ. (މަހަކު)

 

   

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

1-     ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވާލުން.

2-     ކިޔަވައިދޭން ހަވާލުކުރާ މާއްދާތައް ކިޔަވައިދެއްވުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހައްދަވާ ކުލާސްތަކަށް ގަޑިނަންގަވައިދިނުން.

3-     ދަރިވަރުންނަށް ނަންގަވައިދޭ މާއްދާތަކުން ދަރިވަރުން ހާޞިލްކުރާ މިންވަރު ދެންނެގަތުމަށްޓަކައި ސްކޫލްގެ އެސެސްމެންޓް ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތީން އެސެސްމެންޓްތައް ދިނުމާއި އެސެސްމެންޓްތަކުގެ ރެކޯޑްތައް ބެލެހެއްޓުން.

4-     ކިޔަވައިދެއްވާ ކުލާސްތަކުގެ ދަރިވަރުންގެ ހެދިފޯދޭ މިންވަރު ބެލެހެއްޓުމާއިއެކު ދަރިވަރުންގެ އުޅުމުގެ ކަންކަން ދުވަހުން ދުވަހަށް ލީޑިންގ ޓީޗަރުންނަށް ރިޕޯޓްކުރުން.

5-     ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ މައުލޫމާތުތައް:

  • ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން  ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރިފެރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  • ·              ވަޒީފާއަށް އެދޭ ފޯމް އުނގޫފާރު ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއިއެކު ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]   އެވެ.

 

 

 

 

 

އިންޓަވިއު  އޮންނާނެތަނާއި މުއްދަތު :

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 ޖުލައި 2020 އާއި 16 ޖުލައި 2020 އާ ދެމެދު އުނގޫފާރު ސްކޫލްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން  ، އެ ތާރީޙް ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

  • މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށްބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.

 

އެހެނިހެން އުޖޫރައާއި އިނާޔަތްތައް:

  • ކަނޑައެޅިފައި އޮންނަ އުސޫލެއްގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

 

  • މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

ü     ތައުލީމާއި ތަމްރީނު

ü     މަސައްކަތު ތަޖުރިބާ

ü     މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

އިތުރު މައުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ.

     

މިހެންވެ މިކަން އަންގާ އިޢުލާން ކުރީމެވެ.

07 ޒުލްޤައިދާ 1441

28 ޖޫން 2020

28 ޖޫން 2020
ހޯދާ