ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ )ނަންބަރު: (2011/R-22 24 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

އެހެންކަމުން ކުޅުދުއްފުށީގައި ވަޒީފާ އަދާކުރާ ފާރާތްތަކާއި އެފަރާތުގެ އާއިލާ އެއްވެސް މެމްބަރެއް ކުޅުދުއްފުށީގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމަށް މީގެ ކުރިން ވެސް ވަނީ މިއިދާރަގެ ނަންބަރު (IUL)266/266/2020/28 (17 މާރިޗު 2020) އިޢުލާން އިން އެންގިފައެވެ. ކުޅުދުއްފުށީގައި ލިޔެކިޔުމަކާއި ނުލައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި މި ކައުންސިލްގައި ދަފްތަރު ނުކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، ކުޅުދުއްފުށީގައި ދިރި އުޅެމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިން 02 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ދަފްތަރުކުރުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. މިކަމަށް ބޭނުންވާ ފޯމް މި ކައުންސިލުން ލިބެން ހުންނާނެކަން މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

މި އެންގުމާއި ހިލާފަށް ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ޤަވައިދާ ހިލާފަށް ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތަކާ މެދުވެސް  ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގައި ދަންނަވަމެވެ.

27 ޖޫން 2020
ހޯދާ