ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މަގުމަތީ ބައްތި މަރާމާތުކުރުމުގެ މަސައްކަތައް މަގުކޮނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 29 ޖޫން 2020 (ހޯމަ) ދުވަހުން ފެށިގެން 06 ޖުލައި 2020 (ހޯމަ) ދުވަހުގެ 09:00ން 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އަދި ދެންނެވިފައިވާ ގަޑީގައި މިއިދާރާގެ ނަމްބަރ 6528831 އާއި ގުޅުއްވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 07 ޖުލައި 2020 ވާ (އަންގާރަ) ދުވަހުގެ 10:30 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 13 ޖުލައި 2020 ވާ (ހޯމަ) ދުވަހުގެ 10:30

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާ ގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

25 ޖޫން 2020
ހޯދާ