މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖުތިމާޢީ ފެންތާނގީތައް ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ޢިޖުތިމާޢީ ފެންތާނގީތައް ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

މިކައުންސިލުން ބަލަހައްޓަމުން ގެންދާ ތިރީގައި ދެންނެވިފައިވާ ތަންތަނުގައި ބެހެއްޓިފައިހުރި ވާރޭފެން ތާނގީތައް ކުދިމަރާމާތުކޮށް، ސާފުކޮށް ވާރޭފެން ނަގައި ބަލަހައްޓާނެ ފަރާތެއް ހޯދުމައް ބޭނުންވެއެވެ.

  1. ރ.މާކުރަތު ކައުންސިލްގެ އިދާރާ
  2. ރ.މާކުރަތު މަސްޖިދުލް އަންވާރު
  3. ރ.މާކުރަތު މަސްޖިދުލް ނަޖާހިއްޔާ (ރިޟްވާން)
  4. ރ.މާކުރަތު ދޮޅިދާންގެ
  5. ރ.މާކުރަތު ޕްރީސްކޫލް

މިމަސައްކަތް ހަވާލުކުރުމައް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖުލައި 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  4 ޛުލްޤަޢިދާ 1441

25 ޖޫން 2020
ހޯދާ