ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއި ގުޅޭ

ފެނާއި ނަރުދަމާގެ ޙިދުމަތް ޤާއިމްކުރުމަށް ދޫކުރެވިފައިވާ ބިމުގައިވާ ރުއްގަހުގެ ވެރިން ހޯދުމާއި ގުޅޭ

 

                          ވަންދޫ ޕްރީސްކޫލްގެ އިރުން ފެނާއި ނަރުދަމާގެ ޙިދުމަތް ޤާއިމްކުރުމަށް ދޫކުރެވިފައިވާ ބިމުގައި ރަތްކުލައިން ނަންބަރުޖެހިފައިވާ ރުއްގަހުގެ ވެރީން ހޯދަން ބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 30 ޖޫން 2020 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް އެންގެވުން އެދެމެވެ. މިއިޢުލާނާއިއެކު މިސަރަހައްދުގައިވާ ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 7455757 ނަންބަރު ފޯނައް ގުޅުއްވުންއެދެމެވެ.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

24 ޖޫން 2020
ހޯދާ