ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރު ސުޕީޑްގައި ކުނަހަންދޫގެ މަގުތަކުގައި ވެހިކަލް ދުއްވުމާއި ގުޅޭ

އިޢުލާން

 

ބާރު ސުޕީޑްގައި ކުނަހަންދޫގެ މަގުތަކުގައި ވެހިކަލް ދުއްވުމާއި ގުޅޭ

           

             ކުނަހަންދޫގެ މަގުތަކުގައި ބާރު ސްޕީޑުގައި އެއްވެސް ބެލުމެއްނެތި ގަވައިދާ ހިލާފަށް ސައިކަލް ބަގީ ދުއްވަމުން ގެންދާކަން މި ކައުންސިލަށް ދަނީ ފާހަގަ ކުރެވެމުންނެވެ. އަދި މިގޮތަށް ދުއްވާ ގިނަ ފަރާތްތަކަކީ 18 އަހަރުން ދަށުގެ ކުދިންކަމުގައި ވާތީ މި ކަމަކީ ޓްރެފިކު ގަވައިދުގައިވެސް މަނާކަމެކެވެ. އަދި މި ކަމުގެ ސަބަބުން ރަށުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ އެންމެހާ ފަރާތްތަކަށް ދަނީ އެކިވަރުގެ އަނިޔާތަކާއި އުނދަގޫތަށް ކުރިމަތިވަމުންނެވެ. 18 އަހަރުން ދަށުގެ ކުދިންގެ ފަރާތުން ފެންނަމުންދާ މިފަދަ އަމަލުތައް އެކުދިންގެ މައިންބަފައިންނަށްވެސް އިސްލާހު ކުރެވެން ވާނެއެވެ. ސަބަބަކީ އެފަދަ ކުދިންގެ ފަރާތުން ދިމާވާ މައްސަލަ ތަކުގައި މައިންބަފައިންގެ ޒިންމާތަށް ވެސް އެކުލެވޭތީއެވެ.

             އެގޮތުން މިއަދުން ފެށިގެން ބާރު ސުޕީޑްގައި ގަވައިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކާއި ސައިކަލް ބަގީ ދުއްވާ 18 އަހަރުން ދަށުގެ ކުދިންގެ މައުލޫމާތު މޯލްޑިވުސް ޕޮލިސް ސާވިސް އާއި ހިއްސާކުރެވޭނެ ވާހަކަ ހުރިހާ ބެލެނިވެރިންނާއި ރަށުގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ދެއްނެވީމެވެ. އަދި 18 އަހަރުން މަތީ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލައިސަންސް ނުނަންގަވާ ދުއްވާ ފަރާތްތަކުން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލައިސަންސް ނެންގެވުމަށްވެސް ނަސޭހަތްތެރިވަމެވެ. ދެންމީގެ ފަހުން ކުނަހަންދުއަށް އެތެރެ ކުރާ އެއްވެސް ވެހިކަލެއް އެތެރެ ކުރެވޭނީ މި ކައުންސިލަށް އެކަން އެންގުމަށް ފަހުގައިކަން ވެސް ދަންނަވަމެވެ. މިގޮތަށް އަންގަން ޖެހުނީ ކައިރީ ރައްރަށުގެ ސައިކަލްތަށް ކުނަހަންދޫއަށް ގެނެސް ގުރޫއްޕު ހަދައިގެން ގަވައިދާ ހިލާފަށް ދުއްވަމުން ގެންދާކަން ފާހަގަ ވެފައި ވާތީއެވެ.

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޛުލްޤައިދާ 1441

24  ޖޫން  2020

23 ޖޫން 2020
ހޯދާ