ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫގައި ވޮލީ ކޯޓެއް އެޅުމަށް ބޭނުންވެއްޖެ

        އިހަވަންދޫގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު: (IUL)248-ED&SSS/248/2020/30 (08 މާރިޗް 2020) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެފުރުޝަތު އަލުން ހުޅުވާލަމެވެ.

        ވީމާ، އެ މަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކުން 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 12:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 07 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 12:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

        މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ވޮލީ ކޯޓް އެޅުމުގެ މަސައްކަތް ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ސިޓީ އުރައިގެ ބޭރުގައި ލިޔުއްވައިފައެވެ 

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖޫން 2020
ހޯދާ