ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިއުން:

ފުވައްމުލަކު ދިގުވާނޑު އަވަށު ނާލާ ގޯއްޗާއި އިންވެގެން އޮތް ހުސްބިމުގައި ހުރި ރުއްގަހުން އެ ގޯއްޗަށް އުނަދަގޫވާކަމަށް، ހުށަހެޅުނު މައްސަލައަކާޢި ގުޅިގެން މި ރުއްގަސްތަށް ވަނީ ކަނޑާލެވިފައެވެ. އެހެންކަމުން މި ރުއްގަސްތަކުގެ ނީލަން ކިޔުން 25 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 10:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޖޫން 2020 ވަނަ ދުވަހު 10:00 އަށް  އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި އެގަސްތަށް ނަގައި ތަންސާފްކުރަންވާނެއެވެ.

ވީމާ މި ނީލަމުގައި ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.                       

23 ޖޫން 2020
ހޯދާ