މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ސީނިއަރ ޓެކްނިކަލް މެނޭޖަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފެއް ބޭނުންވެއެވެ.

އިންޖިނިއަރިންގް އެންޑް ޑޮކިންގ ޑިވިޜަންށް ބޭނުންވާ މަޤާމްތައް:

މަޤާމް:

ސީނިއަރ ޓެކްނިކަލް މެނޭޖަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ(އެލަވަންސް ތަކާއިއެކު):        

  • -/29,000ރ (މަހަކު)
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ރިޓަޔަރމަންޓް ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ތިލަފުށި

ޝަރުޠު                 

  • ޑިގްރީ އިން މެކޭނިލަކް އިންޖިނިއަރިންގ ނުވަތަ މަގާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީ ހާސިލްްކޮށްފައި ވުމާއިއެކު މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
  • އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.   

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިޕާރޓްމަންޓުގެ އިންޖިނިއަރިންގް މަސައްކަތްތަށް ކޯޓިނޭޓްކޮށް ބެލެހެއްޓުން. 
  • ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް ކުންފުނީގެ ވެބްސައިޓުން  ލިބިލައްވާނެއެވެ.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 29 ޖޫން 2020 ން 09 ޖުލައި 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވީމާ، މަޤާމުތަކަށް ޝައުގުވެރިވާފަރާތްތަކުން  28 ޖޫން 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް އީ-މެއިލް މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ. މި ފޯރމް ކުންފުނީގެ ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.  

ވެބްސައިޓް:  [email protected]

ފޯން: 3001100/ 3001149 / 3001141 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

21 ޖޫން 2020

22 ޖޫން 2020
ހޯދާ