މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ މާލީ ހިސާބު ފާސްކުރުން އަދި ޙިއްޞާގެ ފައިދާއާއި ބެހޭ

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބު، 17 ޖޫން 2020 ވަނަ ދުވަހު ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ފާސްކުރައްވާފައެވެ. 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ކެނޑުމަށްފަހު 53,318,631.00  ރުފިޔާއެވެ.

 

ޚިއްސާދާރުންނަށް 2019 ވަނަ އަހަރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު -/5 ރުފިޔާގެ ޚިއްޞާއަކަށް -/2 ރުފިޔާ ބަހާގޮތަށް 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް މި ޖަލްސާއިން ވަނީ ނިންމަވާފައެވެ. 2019 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބިވަޑައިގަންނަވާނީ، 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ ބުކް ކްލޯޒްކުރާ ތާރީޚާއި ހަމައަށް ކުންފުނީގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުނަށެވެ.

21 ޖޫން 2020
ހޯދާ