ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ ރައްޔިތުން ރުއްގަސް ކުއްޔައްދޫކުރުމާއި ގުޅޭ

ވަންދޫ ރައްޔިތުންގެ 207 (ދުވިސައްތަ ހަތެއް) ރުއް ސިޓީލާ ނީލަމުގައި ކުއްޔަށް ދިނުމަށް ފަރާތެއް ހޯދުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ ވީމާ، ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސިޓީލާ ނީލަމުގައި އަގުހުށަހެޅުއްވުން އެދެމެވެ. އަދި ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި އަހަރަކު 50 ރުއް އިންދުމަކީ ކުއްޔައްނަގާ ފަރާތުގެ ޒިންމާއެކެވެ. މިއިއުލާނާއިއެކު ވަންދޫ ރައްޔިތުންގެ ރުއްގަހުގެ ދަފްތަރު އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.

  1. ސިޓީލާ ނީލަން ފެށޭ އަގަކީ 1500.00 (ފަނަރަސަތޭކަ) ރުފިޔާއެވެ.
  2. ކުއްޔައްދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރުދުވަހެވެ.
  3. އަގު ހުށަހެޅުމުގައި އެއިރެއްގައި އޮންނަ އެންމެ މަތީއަގަށް އިތުރުކުރެވޭނެ އެންމެ ދަށް އަގަކީ ފަހަރަކު 200.00 ( ދުވިސައްތަ ) ރުފިޔާއެވެ.
  4. އަގު ހުށަހެޅޭނީ ރަސްމީ ދުވަހުގެ ހެނދުނު 10:15 ން ފެށިގެން މެންދުރު 13:00 އާއި ދެމެދުގައެވެ. ކޮންމެ ދުވަހަކުވެސް އޮންނަ އެންމެ މަތީއަގު އެދުވަހުގެ 13:30 ގައި އިދާރާގެ ނޯޓިސްބޯޑުގައި އާއްމު ކުރެވޭނެއެވެ. އަދި އަނެއްދުވަހުވެސް އެގަޑީގައި އިތުރު އަގު ލިބިއްޖެނަމަ އިޢުލާންކުރެވޭނެއެވެ. އިޢުލާންކުރާއިރު ހުށަހެޅި ގަޑި އެނގެން އޮންނާނެއެވެ. ކޮންމެ ދުވަހަކުވެސް އަގުތައް ލިބޭވަރަކުން އާއްމުކުރަމުން ގެންދެވޭނެއެވެ. އަދި މުއްދަތުން ބާކީ އޮތް ދުވަސްވެސް އާއްމުކުރެވޭނެއެވެ.
  5. ބީލަމުގެ މުއްދަތަކީ 21 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 28 ޖޫން 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
  6. އަގު ހުށަހަޅުއްވާ ލިޔުމުގައި ވަންދޫ ރައްޔިތުންގެ ރުއްގަސް ކުއްޔައްހިފުމުގެ އަގު އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް، އަދި އައިޑީކާޑް ނަންބަރު  ހިމަނަންވާނެއެވެ.  
  7. އަގު ހުށަހަޅުއްވާނީ ޢީމެއިލް ނުވަތަ ވައިބަރގެ ޒަރިއްޔާއިންނެވެ. އީމެއިލް މެދުވެރިކޮށް އަގުހުށަހަޅުއްވާނީ [email protected] އަށްށެވެ. ވައިބަރ މެދުވެރިކޮށް އަގުހުށަހަޅުއްވާނީ 7747727 ނަންބަރަށެވެ.
  8. ވިދިވިދިގެން 3 ދުވަހު ( 72 ގަޑިއިރު ) އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ބީލަން ކާމިޔާބުވީއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

20 ޖޫން 2020
ހޯދާ