މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެލާރޓް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 މިނިސްޓްރީ އޮފް ހެލްތް

މާލެ، ދިވެހިރާއްޖެ 

އެލާރޓް

               ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެލާރޓް ކުރައްވާފައިވާ ގޮތުން، Apotex Corp  އިން އުފައްދާ  Metformin Hydrochloride Extended-Release Tablets 500mgގައި  N-nitrosodimethylamine (NDMA) ކިޔާ މާއްދާ އެއް އެކުލެވިގެންވާތީ ބޭސް އުފައްދާ ފަރާތުން ވަނީ އެބޭސް މާރކެޓުން ރިކޯލްކުރައްވާފައެވެ. Apotex Corp  އިން އުފައްދާ  Metforminއަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫނެވެ.

ނަމަވެސް، ބޭސް ސިޓީއަށް، އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް ބޭސް އެތެރެކޮށްފައި  ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ. އަދި އެއްވެސް ބޭނުމަކަށް ކުންފުނިން އުފައްދާ މިބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކާ، ބޭނުން ނުކުރުމަށް އެންގީމެވެ.  

އަދި ކުރިއެކޭވެސް އެއްފަދައިން، ޕޯޓް އޮފް އެންޓްރީ ތަކުގައި ރާއްޖެ އެތެރެކުރާ ބޭސް ބަލާ ފާސްކުރަމުންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މީގެ އިތުރުން މަތީގައި ބަޔާންކޮށްފައިވާ ބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅުއްވާ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ދެންނެވީމެވެ.

 

                26 ޝައްވާލު 1441 ހ.

 

18 ޖޫން 2020
ހޯދާ