މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޑަސްޓްރިއަލް ވިލެޖްގައި ހުރި ވެހިކަލްތައް ނެގުން

މާލޭގެ ހުޅަނގު ފަރާތުން ހިއްކައިގެން ހަދާފައިވާ ސަރަޙައްދު (އިންޑަސްޓްރިއަލް ވިލެޖު) މިކައުންސިލާއި ވެމްކޯ ގުޅިގެން ސާފުކުރުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. އެހެންކަމުން އެސަރަޙައްދުގައި ޕާރކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް 18 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނެންގެވުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަންގަވައިފިނަމަ މިކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. އެސަރަޙައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް މަތީގައި ދަންނަވާފައިވާ މުއްދަތުގެ ތެރޭގައި ނުނަންގަވައިފިނަމަ އުކާލެވޭނެ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                            26 ޝައްވާލު 1441

18 ޖޫން 2020
ހޯދާ