މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - ސާމްޕްލަރ

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ދޮށީގެ މަސްވެރިކަމުގެ މަޢުލޫމާތު ނަގާނޭ ފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު:         2 (ދޭއް)

މުއްދަތު:            މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރުދުވަސް.

އުޖޫރަ:             މަސައްކަތްކުރާ ކޮންމެ މަހަކަށް 4000/- ރުފިޔާ  (މަސައްކަތް ނުކުރާ ދުވަސްތަކަށް ކަނޑައެޅޭ އުޞޫލެއްގެ މަތިން އުޖޫރައިން އުނިކުރެވޭނެއެވެ)

މަސައްކަތް ކުރަންޖެހޭ ތަން:     މ. ވޭވަށް އަދި ހދ. ކުޅުދުއްފުށި

ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް:

  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރު ތަކުގައި ބާނާ މަހުގެ %20 މަހުގެ ދިގުމިން ނެގުން.
  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގެ ކެޗް އެންޑް އެފަރޓް މަޢުލޫމާތު ނެގުން.
  • މަސްވެރިކަމުގެ ދަތުރުތަކުގައި ދިމާވާ ޑީޕްރިޑޭޝަން އަދި ހިމާޔަތް ކުރެވިފައިވާ ބާވަތްތަކުގެ އިންޓަރެކްޝަން އާއި ގުޅޭ މަޢުލޫމާތު ނެގުން
  • މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

މަސައްކަތްކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު:

  • މިކަމަށް އެދި ހުށައަޅާ ފަރާތަކީ ދޮށީގެ މަސްވެރިކަމުގައި އުޅޭ، ޤަވާއިދުން މަހަށް ދާ މަސްވެރިއަކަށް ވުން
  • ލިޔަންކިޔަން އެނގުން (ގްރޭޑް 10 އެއް ނިންމާފައިވާ ނުވަތަ އެއަށްވުރެ މަތީ ސަނަދުތައް ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

ޕޮއިންޓް ދިނުމުގެ އުސޫލު :

  • ތައުލީމީ ފެންވަރު:  50 މާކްސް (ގްރޭޑް 10 އެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ނަމަ ޖުމްލަ ޕޮއިންޓް )
  • ތަޖުރިބާ : 50 މާކްސް (ކުރިން ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަ ޖުމްލަ ޕޮއިންޓް ، ދޮށީގެ މަސްވެރިކަމުގައި އުޅުއްވާ ފަރާތެއް ނަމަ 30 ޕޮއިންޓް )

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ތަޖުރިބާ އިނގޭނޭ ލިޔުންތަކުގެ ކޮޕީ

މިމަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ހުށައަޅަންވާނީ 25 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

[email protected] /[email protected]

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ހ.ވައިޓްވޭސް

މޫންލައިޓް ހިނގުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028718 އަދި 3028702 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ޖޫން 2020
ހޯދާ