އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޓެންޑެންޓް މަޤާމަށް މުވައްޒަފުން ހޯދުން.

މަޤާމު

އެޓެންޑެންޓް

މަޤާމުގެ ނަންބަރު

J-311222, J-311223, J-311224, J-311225, J-311226, J-311227, J-311228, J-311229, J-311230, J-311231, J-311391, J-311392, J-311393, J-311394, J-311395

ބޭނުންވާ އަދަދު

15 (ފަނަރަ)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ނަރސިންގ ޑިޕާޓްމަންޓް

ޔުނިޓް

ނަރސިންގ ސްޕެޝިއަލިޓީ ސެކްޝަން

މަޤާމު އޮތް އޮފީސް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 1

1200/- ރުފިޔާ

އެހެނިހެން އެލަވަންސް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
 3. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. ހޮސްޕިޓަލަށް ގެންނަ އިމަޖަންސީ ކޭސްތަކަށް ޕޭޝަންޓް ޓުރޯލީ ތައްޔާރުކޮށް ބެހެއްޓުމާއި އެކު ބަލިމީހަކު ގެނައުމާއި އެކު އަވަހަށް އިމަޖަންސީރޫމަށް ވެއްދޭގޮތަށް އިންތިޒާމްކުރުން، އަދި އެފަދަ ހާލަތްތަކަށް ތައްޔާރުވެތިބުން.
 2. ވޯޑުތަކުގައި އެޑުމިޓު ކޮށްފައިތިބޭ ބަލިމީހުންގެ ޔޫރިންބޭގުތައް ނަރުހުންގެ ލަފައާއިއެކު ހުސްކޮށް، ވޯޑުތަކުގައި ބޭނުންކުރާ ބެޑުޕޭން ޔޫރިނަރ، ކިޑުނީ ޓުރޭފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަޑައެޅިފައިވާގޮތށް ދޮވެސާފުކޮށް ޑިސްއިންފެކުޓުކޮށް ބެލެހެއްޓުން.
 3. ވޯޑުތަކާއި ލޭބަރރޫމް އަދި އައިސީޔޫ ފަދަ ތަންތާގައި ބޭނުންކުރާ ނުރައްކާތެރި ކުނި، ކުނިނައްތާލުމަށް ކަޑައެޅިފައިވާ ގަވާއިދާއި އެއްގޮތަށް ނައްތާލުން.
 4. ހޮސްޕޓަލުގައި އެޑުމިޓުކޮށްފައިތިބޭ ބަލިމީހުންނަށް ބޭނުންވާ ބާލީސް އެދުފޮތި ބެޑުޝީޓު، ރަބަރުފޮތި،ގޮނޑި ،ބެޑުސައިޑުލޮކަރ ފަދަ އެންމެހައި ތަކެތި ފޯރުކޮށްދިނުން.
 5. ވޯޑުތަކުގައި އެޑުމިޓުކޮށްފައިތިބޭ ބަލިމީހުން ޑިސްޗާޖުކުރުމުން ލަސްނުކޮށް އެނދުފޮތި،ބާލީސްއުރަފަދަ ތަކެތި، ބަދަލްކޮށް ބެޑުސައިޑު ލޮކަރާއި ތަންސާފުކޮށް ޑިސްއިންފެކުޓްކުރުން.
 6. ވޯޑުތަކުގައި ބަލިމީހުންތިބޭ އެނދުތަކުގައި ބެޑެޝީޓް، ބާލީސްއުރަ ކޮންމެދުވަހަކު ދެފަހަރު ބަދަލްކުރުން، މީގެ އިތުރުން ބަލިމީހާގެ ހާލަތުހުރިގޮތުން އިތުރަށް ބަދަލްކޮށްދޭން ޖެހިއްޖެނަމަ ލަސްނުކޮށް ބަދަލްކޮށްދިނުން، ބެޑުޝީޓުބަދަލް ކުރާއިރު ބަލިމީހާއަށް އުދަގޫނުވާގޮތަށް ބަދަލްކުރުން، ހާލުދެރަބަލިމީހުންގެ އެދުފޮތިބަދަލް ކުރާއިރު ނަރުހުންގެ ލަފާގެމަތިން ކަންތައްތައް ކުރުން.
 7. ކޮންސަލްޓިން ރޫމްތަކުގައާއި ސްކޭންރޫމާއި އީސީޖީ ރޫމްފަދަ އެނެމެހައި ތަންތާގައި ބަލިމީހުން ފަރުވާދޭންބޭނުންކުރާ އެނދުތަކުގެ ބެޑުޝީޓް،ބާލީސްއުރަފަދަ އެތަންތާގެ އިންޗާޖުންގެ އިރުޝާދުގެ ދަށުން ބަދަލް ކުރުން.
 8. ހޮސްޕިޓަލުގައި ބޭނުންކުރާ އިންސްޓުރުމަންޓުސްފަދަ ހުރިހާތަކެތި އޮޓޯކުލޭވްކުރުމަށް ކަޑައެޅިފައިވާ އުސޫލަކުން އޮޓޯކުލޭވުލުރުން.
 9. އެކްސްރޭ ، ޑެންޓަލް ، ފިޒިޔޯތެރަޕީން ހަޑިވެގެން ލޯންޑްރީއަށް ހަވާލުކުރަން ޖެހޭ ފޮތިތަށް ލޯންޑްރީއަށް ގެންދިއުމާއި އަދި، ދޮވެ ސާފުކުރުމަށްފަހު އަނބުރާ އެޑިޕާރޓްމަންޓްތަކަށް ގެނެސް ހަވާލުކުރުން.
 10. ބަލިމީހެއްގެ ހާލަތުހުރިގޮތުން ހޮސްޕިޓަލުގެ އެއްވެސްތަނެއް ހަޑިވެއްޖެނަމަ އެއްވެސް އިންކާރުކުރުމެއް ނެތި ވީއެންމެ އަވަހަކަށް އެތަނެއް ސާފުކޮށް ޑިސްއިންފެކުޓްކުރުން،އަދި މިފަދަކަމެއް ދިމާވެދާނެކަމަށް އަބަދުވެސް ފަސޭހައިން ފެންނަހިސާބުގައި ތިބުން.

މަޤާމުގެ ޝަރުތުތައް

 1. ލިޔަން ކިޔަން އެނގުން

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޮޅާ ސާފުކުރުން

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމެވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމެވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި  މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް ތެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]   މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، ޖުލައި މަހު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ، އަދި އެފަރާތްތަކުގެ އެންމެ މަދުވެގެން 33% (ތިރީސް ތިން އިންސައްތަ) ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

16 ޖޫން 2020
ހޯދާ