ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ހުރި ރުއްގަސް އަދި އެހެނިހެން ތަކެތި ނީލަން ކިޔުން

ނީލަން ކިއުން:

       ނެއްލައިދޫ ބަނދަރު ބޮޑުކުރާ ސަރަހައްދުން ނެގިފައިވާ ބައެއް ރުއްގަސް އަދި ބަނދަރުގައި ހުރި ތެޔޮ ގުދަނުގެ ބައެއް ތަކެތި ނީލަންކިއުން 2020 ޖޫން 21 ވާ އާދިއްތަ ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ ގަޑިއަށް ޙާޞިރުނުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ރުއް ގަސް އަދި އެހެނިހެން ތަކެތި ގެންދެވޭނީ ނީލަމުން ނަގާ  އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން ނީލަންފެށީއްސުރެން  އެދުވަހުގެ އޮފީސް ބަނދުވުމާއި ހަމައަށް އަދި 2020 ޖޫން 22 ވަނަދުވަހުގެ 9:30 ން 13:00 އަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ.

             އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ތަކެތި ނީލަމުން ނަގާ އަދި ނީލަމުން ނެގި ތަކެއްޗަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ތަކެތީގެ ޖުމްލަ އަގަށްވާ ފައިސާގެ 50 ޕަސަންޓް ދައްކަވަންޖެހޭނެއެވެ. މިފައިސާ ނުދައްކައިފި ނަމަ ސަރީއަތަށް މައްސަލަ ހުށަހެޅޭނެއެވެ.

ނީލަން ކިޔަން ހަމަޖެހިފައިވާ ރުއް ގަހުގެ މައުލޫމާތު

  1. ބަނދަރު ދެކުނު ސަރަހައްދުގައި ކަޅުކުލައިން 1 އިން 11 އަށް ނަންބަރ ޖަހާފައިވާ 11 ރުއް

2- ބަނދަރު ދެކުނު ސަރަހައްދުގައި ކަޅުކުލައިން 12 ޖަހާފައިވާ 1 ގަސް މިދިލި  

 

  1. ރުކެއް ނުވަތަ ގަހެއް ނަގާއިރު އުފެދުނު ބޭނުން ނުކުރެވޭ ތަކެއްޗާއި ކުނި އެތަނުން ނަގައި ރަށުކައުންސިލުން ކަނޑައަޅާފައިވާ ކުނި ގޮޑަށް އެކުނިތައް އުކާލުމަށްފަހު އެތަން ރީތިކޮށް ސާފު ކުރަންވާނެއެވެ.

           މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

15 ޖޫން 2020
ހޯދާ