މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
(Indian Institute of Public Health – Delhi (IIPH-D

Indian Institute of Public Health – Delhi (IIPH-D)

On-campus academic Program for the Session 2020-21

 

       އިންޑިޔާގެ ނިއު ދިއްލީގައި ހުންނަ "އިންޑިއަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތް –ދިއްލީ" އިން ހިންގުމަށް ހަމަޖެހިފައިވާ ތިރީގައި ބަޔާންކޮށްފައިވާ 3 ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މި ކޯހާގުޅޭ އިތުރު މަޢުލޫމާތު ޝީޓެއް މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ.

(Master of Public Health (Application deadline: 20th June 2020*

(Integrated MSc & PhD in Clinical Research (Application deadline: 31st July 2020*

(Postgraduate Diploma in Public Health Management (Application deadline:31st July 2020*

 

އަދި މި ކޯސްތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

https://phfi.org/iiph-delhi/on-campus-programs/

 

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

15 ޖޫން 2020
ހޯދާ