Un'goofaaru Regional Hospital
Maldives
ward manager (Ungoofaru Regional Hospital)

 

ވޯޑް މެނޭޖަރގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާން

ހަވާލުކުރެވޭ ޒިންމާ

ވޯޑް މެނޭޖަރ

ބޭނުންވާ އަދަދު

3 (ތިނެއް)

ގިންތި

ވަގުތީ

ހަވާލު ކުރެވޭ މުއްދަތު

2 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭ މިންވަރު

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/124(ސަތޭކަ ސައުވީސް ރުފިޔާ)    

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  • ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުމާއި، ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
  • ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
  • ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާއިބެހޭ ޑޮކްޓަރުންނަށާއި އެހެނިހެން މުވައްޒަފުންނަށް އެންގުމާއި، އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.
  • ރަސްމީގަޑިނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުގައި ނުވަތަ ޞިއްޙީ މަރުކަޒުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ނާރސިންގ އާއި ބެހޭ ކަންތައްތައް ޙައްލުކުރުމާއި އެހެނިހެން ކަންތައްތައް ނާރސިންގ ޑިޕާރޓްމަންޓާއި ހޮސްޕިޓަލްގެ ވެރިންނަށް އެންގުން.
  • އަމަލީ ތަޖުރިބާ ހޯދުމަށް އަންނަ ނަރުހުންނާއި، ދަރިވަރުން ސްޕަވައިޒްކުރުމާއި ސްޕަވައިޒް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން، އަދި ކުލާސްތައް ނަގައިދިނުން.
  • ނާރސިންގ އާއިބެހޭ ޕޮލިސީތައް ރޭވުމުގައި އަދި ނާރސިން ސަރވިސަސްއާއި ބެހޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމުގައި ޑިޕާޓްމަންޓްގެ ވެރިންނަށް އެހީވުން. ނަރުހުންގެ ފަރުވާ ފޯރުކޮށްދިނުމުގައި މިޕޮލިސީތަކާއި އެއްގޮތަށް ނާރސިންގ ކެއަރ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • މެދުކެނޑުމެއްނެތި ބަލިމީހުންނަށްދެވޭ ފަރުވާ ހިއްސާކޮށް، ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ، ފަހުގެ ރިސާރޗްތަކުގައިވާ ރަނގަޅު ބަދަލުތައް ގެނައުމަށް މަސްއޫލުވެރިވުން.
  • ވަޒީފާއަށް އަލަށް ގުޅޭ ނަރުހުންނާއި ހެން މުވައްޒަފުން ހޮސްޕިޓަލް އަދި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ ޕޮލިސީތަކާއި ގައިޑްލައިން އަދި ގަވާޢިދު ތަކަށް އަހުލު ވެރިކުރުން.
  • ބަލިމީހާއާއި ބަލިމީހާގެ އެހީތެރިންނަށް ބައްޔާބެހޭ ގޮތުން އޮޅުން ފިލުވަދޭންޖެހޭ އެންމެހާ މަޢުލޫމާތު ރަނގަޅަށް އޮޅުން ފިލުވައިދޭތޯ ކަށަވަރުކުރުން.
  • މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި ޚާއްޞަ ގޮތެއްގައި ކޮމްޕްލިކޭޓް ކޭސްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ، މަސައްކަތްކުރުން.
  • ޑިއުޓީ ފެށުމުގެކުރިން އިންވެންޓްރީ ނަގައި ނާރސިންކެއާރ ދިނުމަށް ބޭނުންވާނެ ސެޓަޕް ޤާއިމްކުރުން. އަދި ޚިދުމަތަށް ބޭނުންވާ އެއްވެސް އެއްޗެއް މަދުވާނަމަ ޝިފްޓް އިންޗާރޖަށް އަންގާ ހަމަކުރުން.
  • ހޮސްޕިޓަލުގައި ބޭނުންކުރާ އިންސްޓްރުމަންޓް ޤަވާޢިދުން ސްޓެރިލައިޒްކޮށް ބެލެހެއްޓުން.
  • ބަލިމީހުންނަށް ހޮސްޕިޓަލުގެ އިމަރޖެންސީ ސްޓޮކުން ބޭނުންކުރާ ބޭސްފަދަ ތަކެތި ބަލިމީހުންގެ އަތުން ހޯދާ ސްޓޮކް ހަމަކުރުން.
  • އެއްޑިއުޓީއިން އަނެއް ޑިއުޓީއަށް ބަދަލުވާއިރު ބަލިމީހުންނާބެހޭ އެންމެހާ މަޢުލޫމާތު ޑިއުޓީއާ ޙަވާލުވާ ނަރުހުންނަށް ސާފުކޮށް އޮޅުންފިލުވައި ދިނުން.
  • މެޑިކަލް ކޮންސިއުމަބްލްސްގެ ޚަރަދު ވީހާވެސް ކުޑަކުރުމާއި އެތަކެއްޗަށް ވީހާވެސް ބޮޑަށް ފަރުވާތެރިވެ ބެލެހެއްޓުން.
  • ހޮސްޕިޓަލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމާއި އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ބާރުއެޅުން.
  • އެންސީޑީ، އޭއެންސީ ކްލިނިކް ހިންގުމުގައި ޕަބްލިކް ހެލްތް ޔުނިޓަށް އެހީތެރިކަންދިނުމާއި ޢަމަލީގޮތުން ބައިވެރިވުން.
  • ހޮސްޕިޓަލުން ރާވާ ހިންގާ އިންސާރވިސް ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުމާއި ޢަމަލީގޮތުން ބައިވެރިވުން.
  • ޑިއުޓީ ގަޑީގައި މަސައްކަތް ކުރައްވާ ނަރުހުންނާއި އެޓެންޑެންޓުންގެ މަސައްކަތްތައް ސުޕަރވައިޒް ކުރުން.
  • ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން.
  • މީގެ އިތުރުން ވެސް ސެކްޝަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.

 

ޝަރުތު

ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ސީ.އެސް 10 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ، އެ ރޭންކުން ފެށިގެން މަތީ މަގާމެއްގައި ހުރި ފަރާތަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވޯޑު މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަގާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނަވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލިމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ  ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖޫން 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މި ހޮސްޕިޓަލުގެ އޮފީހަށެވެ. މަޤާމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])  އަދި މިއިދާރާގެ ފެކްސް ނަންބަރ 6580030 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އިޢުލާނަށް ކުރިމަތިލުމަށް ހުށަހަޅާ ސިޓީ/ލިޔުން ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

ވޯޑު މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2020 ޖޫން 24 އާއި 2020 ޖުލައި 02   އާ ދެމެދު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި އިޢުލާނަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580029 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

15 June 2020
ހޯދާ