ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ނަމްބަރު (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރުމާއި ބުލޮކް ގުރުއަތުލުމުގެ ރަސްމިއްޔާތާއި ގުޅޭ:

މި އިދާރާގެ ނަމްބަރު (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރުމާއި، ބުލޮކް ގުރުއަތުލުމުގެ ރަސްމިއްޔާތު 13 ޖޫން 2020 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި އިހަވަންދޫ އޯޕަން ސުޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ. ވީމާ ، ބަންޑާރަ ގޯތި ލިބޭ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުން، ބަންޑާރަ ގޯތި ލިބޭކަމުގެ ލިޔުމާއި ހަވާލު ވުމަށާއި، ބުލޮކް ގުރުއަތުގައި ބައިވެރި ވުމަށް މި ރަސްމިއްޔާތައް ވަޑައިގެން ދެއްވުންއެދި ދައުވަތު އަރުވަމެވެ. ހާޒިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އިނގޭނެ ލިޔުމެއް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ ގުރުއަތުލުން، ގުރުއަތުގައި ބައިވެރިވާ އެންމެންގެ ޙާޟިރުގައި މި އިދާރާއިން ކަނޑައަޅާ ފަރާތްތަކުން ނަގާނެ ވާހަކަ ވެސް ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާއިރު 65 އަހަރުން ދަށުގެ، ބޮޑު ބައްޔަކަށް ފަރުވާ ނުކުރާ، ލޭ މައްޗައް ދިއުމާއި، ހަކުރު ބައްޔާއި  ފުއްޕާމޭގެ ބަލި ނުހުންނަ ސިއްހަތު ރަނގަޅު ފަރާތަކަށް އިސްކަން ދިނުމަށް ދަންނަވަމެވެ.

މި ރަސްމިއްޔާތަށް ވަޑައި ގަންނަވާ ފަރާތްތަކުން ފޭސް މާސްކު އަޅުއްވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މާސްކު ނެތް ފަރާތްތަކަށް ކައުންސިލްގެ ފަރާތުން މާސްކު ފޯރުކޮށް ދެވޭނެ އެވެ. އަދި މި ރަސްމިއްޔާތުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނީ ގައިދުރުކޮށް ތިބެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭ ގޮތަށެވެ.

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ޖޫން 2020
ހޯދާ