ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ނަމްބަރު (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތިލިބުނު ފަރާތްތަކުގެ ލިސްޓް އާއްމުކުރުން:

މި އިދާރާގެ ނަމްބަރު (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ނުވަތަ އެފަރާތްތަކުގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ދޫކުރާ ފުލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައިވޭތޯއާއި އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ ބޭނުމަށްޓަކައި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބެލުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އިޢުލާންކުރާ ތާރީޚުގައި ތަރިކައިގެ އުޞޫލުން އެއްވެސް ތަނެއް އެފަރާތްތަކަށް ލިބުމުގެ ޝަރުޠު ފުރިހަމަވެފައިވާނަމަ ތަރިކައިގެ މައްސަލަ ޝަރީޢަތް މެދުވެރިކޮށް ނިންމާފައިވޭތޯ ސިޓީ ކައުންސިލްތަކުންނާއި ރަށުކައުންސިލް ތަކުންނާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓުންނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނާއި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންނާއި އަދި ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން ބަލަހައްޓާ ކޮމެޓީންބެލުމަށްފަހު  ގޯތިލިބުނު 200 ( ދުއިސައްތަ ) ފަރާތުގެ ލިސްޓް މި އިޢުލާނާއެކު އާއްމުކޮށްފީމެވެ.  މިލިސްޓް މި އިދާރާގެ  ނޯޓިސްބޯޑު ތަކުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެއެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 ޖޫން 2020
ހޯދާ