ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް 2020

މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) އިން ހިންގަމުން އަންނަ ޑައިރެކްޓަރޒް ޓްރެއިނިންގ ޕްރޮގްރާމް، 22 - 30 ޖޫން 2020 އަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕޮރްގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ޒޫމް ބޭނުންކޮށްގެންނެވެ.

ޕްރޮގްރާމްގެ ނަން:

ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް

ތާރީޚް:

22-30 ޖޫން 2020 | ދުވާލަކު ސެޝަނެއް ( މި ސެޝަންތައް ކުރިޔަށް ގެންދާނީ ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 10:00 އާ 14:00 އާ ދެމެދުގެ ގަޑިއެއްގައި)

ޓާރގެޓް އޯޑިއަންސް:

ބޯރޑް ޑައިރެކްޓަރސް އާއި މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތައް

ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް:

18 ޖޫން 2020

ފީ:

750 ރުފިޔާ

ޖާގަ:

40

 
މި ޕްރޮގްރާމްގައި ބައިވެރިވާން އެދިވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މި އޮތޯރިޓީގެ އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ޕްރޮގްރާމާގުޅޭ އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓްގެ https:/bit.ly/2YveGd1 ލިންކްއިން އަދި އޮތޯރިޓީގެ ނަންބަރު 3014125 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

ނޯޓް: މާރިޗު މަހުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން، މިޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު އެޕްލިކޭޝަން އެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

18ޝައްވާލް 1441

10 ޖޫން  2020

11 ޖޫން 2020
ހޯދާ