މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީން ދެމުންގެންދާ ޢިމާރާތްކުރުމުގެ ދާއިރާ އާ ގުޅޭ ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު

ދިވެހިރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުން އިޢާދަވުމާ ހަމައަށް 7 ޖޫން 2020 ވާ (އާދިއްތަ) ދުވަހުން ފެށިގެން މިނިސްޓްރީން ދެމުންގެންދާ ޢިމާރާތްކުރުމުގެ ދާއިރާ އާ ގުޅޭ ޙިދުމަތެއް ހޯއްދަވަން އެދޭ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީ-މެއިލް މެދުވެރިކޮށް ލިޔެކިއުންތައް ހުށަހެޅޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ފުރަބަންދުގެ ހާލަތުން، އައު-އާންމު ޙާލަތަށް ބަދަލުވަންދެން ޑްރޮޕްބޮކްސް އަށް ތަކެތި ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: 10އެމް.ބީ. އަށްވުރެ ބޮޑު ފައިލްއެއްނަމަ ގޫގްލްޑްރައިވް (ނުވަތަ އެފަދަ އެހެން އޮންލައިން ޑްރައިވް) އެއްގައި ފޯލްޑަރެއް ހެދުމަށްފަހު ފޯލްޑަރ ލިންކް އީ-މެއިލް މެދުވެރިކޮށް ތާވަލުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހުށަހެޅުން

 

ލިޔެކިއުމުގެ ބާވަތް

މިކަމާ ގުޅިގެން ހުށަހަޅާނެ / މަޢުލޫމާތު ހޯދުމަށް އީ-މެއިލް ކުރާނެ އެޑްރެސް

  1. (ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން) ކައުންސިލްތަކުން ހުށަހަޅާ ފާސްކޮށްފައިވާ ކުރެހުންތައް ހުށަހެޅުމަށް
  2. ފައުންޑޭޝަން ސިސްޓަމް އެޕްރޫވް ކުރުމަށް ހުށަހަޅާ ލިޔެކިއުން
  3. ޢިމާރާތްކުރުމުގެ ޤާނޫނާ ގުޅޭ ނުވަތަ ސީ.އައި.ޑީ.ޑީ. އާ ގުޅޭ އެހެނިހެން (ތާވަލުގައި ލިސްޓުކޮށްފައިނުވާ ކަމެއް)

[email protected]

 

ތިރީގައިވާ ރަޖިސްޓްރޭޝަންތައް / ލައިސަންސްތައް ހޯދުމަށް ހުށަހަޅާ ލިޔެކިއުން

  1. ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން / ޕްރޮޖެކްޓް ލައިސަންސް
  2. ކޮންސަލްޓަންޓް ރަޖިސްޓްރޭޝަން
  3. ޕްރެކްޓިޝަނާރ ރަޖިސްޓްރޭޝަން
  4. ލެބް ރަޖިސްޓްރޭޝަން
  5. އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީކުރުމަށް
  6. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި ގުޅޭ ލިޔެކިޔުންތައް

[email protected]

 

  1. ޤަވާއިދުގެ ދަށުން ޢިމާރާތްކުރުމާއި ގުޅޭ ތަކެތި އެތެރެކުރާ އަދި އުފައްދާތަކެތީގެ މެޓީރިއަލް އެޕްރޫވަލްއަށް ހުށަހަޅާ ލިޔެކިޔުންތައް

[email protected]

 

  1. ޢިމާރާތްކުރުމުގެ ޤާނޫނު ނުވަތަ ޢިމާރާތްކުރުމާ ގުޅޭ ގަވާއިދު / ސްޓޭންޑަރޑް/ ބިލްޑިންގ ކޯޑު / އުޞޫލާ ގުޅޭގޮތުން

[email protected]

  

  1. ޢިމާރާތްކުރުމުގެ ޤާނޫނާ ގުޅިގެން އެކި ފަރާތްތަކާމެދު ހުށަހަޅާ މައްސަލަ
  2. ނުރައްކާތެރި ޢިމާރާތްތަކާ ގުޅޭ މައްސަލަތައް ހުށަހެޅުން

[email protected]

 

 

 

07 ޖޫން 2020
ހޯދާ