ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާބާދުވާ ސަރަޙައްދުގެ މާހިންނަ ބިން ( ބްލޮކް C ) ވަރުވާއަށް ދޫކުރުން

އިޢުލާން

             ލ.ގަމު މަތިމަރަދޫ، ތުނޑި އަވަށް ބައިކުރި މަގުގެ އުތުރުން އަލަށް އާބާދުވާ ސަރަޙައްދުގެ މާހިންނަ ބިން ( ބްލޮކް C ) ވަރުވާއަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

                      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2020 އިން 18 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މި އިދާރާގެ އެކައުންޓް 7707700315001 (1450 ރެވެނިއު 01) ނަންބަރަށް ފައިސާ ޓްރާންސްފާ ކުރެއްވުމަށްފަހު 7630030 މި ނަންބަރ އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރާނީ 22 ޖޫން 2020 ވަނަ ދުވަހުގެ ހެނދުނު 9:15 އިން 12:45 އާ ދެމެދުގައެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީބިޑް މީޓިންގ

ގަމު ކައުންސިލް އިދާރާ

23 ޖޫން 2020

އަންގާރަ

11:00

އެސްޓިމޭޓް ހުށަހެޅުން

ގަމު ކައުންސިލް އިދާރާ

24 ޖޫން 2020

ބުދަ

11:00

 

              މަޢުލޫމާތު ލިބިގަތުމާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހަޅުއްވަން ވަޑައިގަންނަވާއިރު މާސްކް އަޅުއްވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.   

18 J 1441 ހ.

10 ޖޫން 2020 މ.

10 ޖޫން 2020
ހޯދާ