ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އިލެކްޓްރީޝަން

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

އުޖޫރަ:  

މަހަކު 5300/- (ފަސްހާސް ތިންސަތޭކަ ރުފިޔާ)

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް (ޙަފްތާއަކު 6 ދުވަހު) ކޮންމެ ދުވަހަކު

  • ހެނދުނު 08:00 އިން 15:00 އަށް
  • ރޭގަނޑު 20:30 އިން 21:30 އަށް.

އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   ގްރޭޑް 7 ގެ ފެންވަރަށް ތަކެތި ދަތުމާއެކު، ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ތަކެތި ކިޔަން އެނގުން.

2-   އިލެކްޓްރިކް / އިލެކްޓްރޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތުގަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ދަރަޖައިގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

ނުވަތަ

3-    އިލްކްޓްރީޝަނެއްގެ ގޮތުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާކަން ބަޔާންކޮށްދޭ ލިޔުމެއް އޮތުން.

ޝަރުޠު:  ޢުމުރުން 65 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ގިނަވަގުތު މަސައްކަތުގައި އުޅެވުން.
  2. މަސައްކަތް ރާވާހިންގަން އެގުމާއި މީހުން ގޮވައިގެން މަސައްކަތް ކުރަން އެނގުން.
  3. މެކޭނިކަލް މަސައްކަތް ކުރަން އެނގުމާއި މެޝިނަރީއާއި ވެހިކިއުލަރ އިކުވިޕްމެންޓްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ޙައްލު ކުރަން އެނގުން.
  4. ކަރަންޓް ވައިރިންގ، ވަޑާންފަދަ މަސައްކަތްތައް އެނގުން.
  5. އުސްތަންތަނަށް އެރުމުގެ ކުޅަދާނަކަން ލިބިފައިވުން.

ވަޒީފާއަށް މީހުން ޢައްޔަނު ކުރުމުގައި އިސްކަންދޭނެ ކަންތައްތައް:

  1. އިލެކްޓްރިކަލް / އިލެކްޓްރޯނިކް އިކުވިޕްމެންޓް މަރާމާތުކުރުމުގެ މަސައްކަތް ކުރަން އެނގުން.
  2. ކަރަންޓް ވައިރިންގ މަސައްކަތް ކުރަން އެނގުމާއި، ޢިމާރާތްތަކުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރަން އެނގުން.
  3. ކޭބަލް އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކުރުމާއި އެފަދަ މަސައްކަތެއް ސުޕަރަވައިޒްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހުރުން.
  4. ރަށުގެ އެކި ސަރަޙައްދުތަކުގައިވާ މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
  5. އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކުގެ ކަރަންޓާއި ގުޅުން ހުރި ކުދިކުދި މަރާމާތުތައް ކުރުން.
  6. ކައުންސިލުން އިންތިޒާމްކޮށް ބާއްވާ އެކިއެކި ޙަފްލާ / ރަސްމިއްޔާތުތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  7. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

11 ޖޫން 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

10 ޝައްވާލު 1441

02 ޖޫން 2020

08 ޖޫން 2020
ހޯދާ