ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޙާބު ފަސްކުރުން

8 އޯގަސްޓް 2020 ގައި ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާނެއެވެ. މިގޮތުން ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އައު ހިންގާ ކޮމިޓީއެއް އިންތިހާބުކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތްތަށް އަލަށް އިންތިހާބުވާ ހިންގާ ކޮމިޓީއާއި ހަވާލު ކުރަންވާނެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިން ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން ހިންގާ ކޮމިޓީ އަލުން އެކުލަވާލަންވާނެއެވެ. އަދި އެހެންމެ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮއްފައި ވާ ފަދައިން ހިންގާ ކޮމިޓީގެ ތިރީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް މެންބަރުން ހޮވާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ މެދުގައި ނަގާ ޢާންމު ވޯޓަކުންނެވެ.

  1. ޕްރެޒިޑެންޓް.
  2. ވައިސް ޕްރެޒިޑެންޓް.
  3. އެސޯސިއޭޓް މެންބަރުންގެ ތެރެއިން ހޮވާ 2 މެންބަރުން.
  4. ފަރުދީ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއް.
  5. ފުރިހަމަ މެންބަރުންގެ ތެރެއިން ހޮވާ 4 މެންބަރުން.

 

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީ އިންތިޙާބު ކުރެވޭނީ ޢާންމު ޖަލްސާއެއް ބާއްވައިގެން ކަމުގައިވެފައި، މި ދުވަސްވަރަކީ މުޅި ދުނިޔެއަށާއި ދިވެހިރާއްޖެއަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮއްފައިވާ ދަނޑިވަޅެއްކަމުން، ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިހާބު ކުރަން ޢާންމު ޖަލްސާއެއް ބޭއްވުމާއި ގުޅޭ ގޮތުން ލަފަޔަކަށް އެދި ކޮމިޝަނާރ އޮފް ސްޕޯޓްސްގައި އެދުމުން،4 ޖޫން 2020 ވަނަ ދުވަހު ކޮމިޝަނާރ އޮފް ސްޕޯޓްގެ ސިޓީ ނަންބަރ COS/CBM/2020/10-141 އަންނަނިވި ލަފާ އަރުވާ ސިޓީގައިވާ ފަދައިން އަމަލު ކުރުމަށް އަންގާފައެވެ.

 

-          ދިވެހިރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 12 މާރިޗް 2020 އިޢުލާންކޮށް 15 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ އޮތީ ފުރަބަންދުގައެވެ. އަދި އެހެންމެ މާލެ ސިޓީ އާންމު ހާލަތަކަށް ދާނެ ދުވަހެއްގެ ޔަޤީންކަން ނެތުމުގެ ސަބަބުން މިދުވަސްވަރަކީ މިފަދަ އިންތިޙާބެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރެއް ކަމަށް ކޮމިޝަނާރ އޮފް ސްޕޯޓްސްއަށް ފެނިވަޑައި ނުގަންނަވައެވެ. އެހެންކަމުން ކޮމިޝަނާރ އޮފް ސްޕޯޓްސްގެ އިތުރު އިރުޝާދެއް ލިބެންދެން ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީ އިންތިޙާބު އިއުލާން ކުރުން ފަސްކުރުން.

-          ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ އައު ހިންގާ ކޮމިޓީ އިންތިޙާބު ކުރެވެންދެން ކޮމިޝަނާރ އޮފް ސްޕޯޓްސްގެ  ލަފާގެ މަތިން މިހާރު އޮތް ހިންގާ ކޮމިޓީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގުމުގެ އެއްމެހާ މަސްޣޫލިއްޔަތު އާދާކުރުން.

ވީމާ މިކަން އާންމުކޮށް އިއުލާން ކުރަމެވެ.

06 ޖޫން 2020
ހޯދާ