މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އިންޑިއާގެ ޗެންނާއީ ގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމްގެ ފަރާތުން ހުޅުވާލާފައިވާ ސްކޮލާރޝިޕްގެ ފުރުޞަތަށް ނަން ހުށަހެޅުމާގުޅޭ

އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމްގެ ފަރާތުން 9 މަސް ދުވަހުގެ ޖާރނަލިޒަމް ކޯހެއް ފުރިހަމަކުރެއްވުމަށް 2 ފަރާތަކަށް މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާތީ މިކޯހުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ބެޗްލަރ ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ފަރާތަކުން 9 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލުގެ އީމެއިލް [email protected] އަށް އައިޑީކާޑު ކޮފީ، މޯބައިލް ފޯން ނަންބަރު، މައުލޫމާތު ހިމެނޭ ކަރުދާހެއް (ސީވީ/ބަޔޯޑާޓާ)، ޑިގްރީ ސެޓްފިކެޓްގެ ކޮޕީއާއި މަސައްކަތު ތަޖުރިބާ (ލިޔުންތަށް) ހުށަހެޅުމަށް ދަންނަވަމެވެ.

ކޯހުގެ ޚަރަދުގެ އިތުރުން، އެއަރ ޓިކެޓް ޚަރަދު އަދި ކޯހުގެ މުއްދަތުގައި ހުރުމާއި ކެއުމުގެ ޚަރަދު ކޯސް ދޭފަރާތުން ހަމަޖައްސާނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ކައުންސިލްގެ ނަމްބަރު: 7967919 އަށް ގުޅުއްވުމަށް ދަންނަވަމެވެ. 

05 ޖޫން 2020
ހޯދާ