ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ ބަންދަރު ޕާރކް ގެ މަސައްކަތް ކޮއްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ފ.ބިލެތްދޫ ބަންދަރު މަތީގައި،ހުރި ޕާރކްގެ ނުނިމި ހުރި މަސައްކަތް އަމިއްލަ ތަކެތީގައި ނިންމާދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ، މީރާގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން 10 ޖޫން 2020 ވާ ބުދަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 17 ޖޫން 2020 ވާ ބުދަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ -/100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. އަދި މައުލޫމާތު ޝެސަން އަށް ހާޒިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބަންދަރު ޕާރކްގެ  މަސައްކަތުގެ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ހުށަހަޅާފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

 

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

03 ޖޫން 2020
ހޯދާ