މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ޚިދުމަށް ދެވޭނެ ގަޑި އަދި ޑެލިވަރީ ޚިދުމަތް ދެވޭނެ ގަޑި ކަނޑައެޅުން

އިޢުލާން

ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ޚިދުމަށް ދެވޭނެ ގަޑި އަދި ޑެލިވަރީ ޚިދުމަތް ދެވޭނެ ގަޑި ކަނޑައެޅުން

 ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރާ އުޞޫލުން ޚިދުމަތް ފޯރުކޮށްދެވޭނެ ގަޑި ކަނޑައަޅައި އިޢުލާނު ކުރީމެވެ. 

  1. ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ޚިދުމަތް ދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. 
  2. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެންޓީނު ފަދަ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށެވެ.
  3. އިލެކެޓްރޯނިކް ޒަރީޢާއިން އޯޑަރު ދިނުމުން މުދާ ޑެލިވަރކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށެވެ. 

 

            ވީމާ، 1 ޖޫން 2020 އިން ފެށިގެން، މި މިނިސްޓްރީން ނުވަތަ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަކި ގޮތެއް އަންގަންދެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވިޔަފާރިކުރުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުން މި އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑިތަކުގައި ޚިދުމަތް ދިނުމަށް އެދި އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

            ‏10‏ ޝައްވާލް‏ 1441

01 ޖޫން 2020
ހޯދާ