އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އިންޑޯ ކުޅިވަރު ފެސިލިޓީސްތައް ހުޅުވުމާއި ގުޅޭ

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ނަންބަރު 2020/03 (26 މޭ 2020)ގެ ދެންނެވުމާއި އެއްގޮތަށް މިސިޓީގެ އިންޑޯ ކުޅިވަރު ފެސިލިޓީސްތައް 2020 ޖޫން 02 އިން ފެށިގެން ތިރީގައި މިދަންނަވާ އުސޫލުތަކާއި އެއްގޮތަށް ހުކުރުދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ހުޅުވާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

 

1. ބެޑްމިންޓަން ފެސިލިޓީސް، ބޭނުން ކުރެއްވުމުގައި ސަމާލުކަން ދެއްވަންޖެހޭ ބައެއް މުހިންމު ކަންތައްތައް:

1.1- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،

1.2- ބެޑްމިންޓަން 02 ކޯޓް ޤާއިމް ކުރެވިފައިވާ ހޯލެއްނަމަ އެއްފަހަރާ ވަންނަންވާނީ 08 ކުޅުންތެރިންކަމާއި ކޮންމެ ކުޅުންތެރިޔަކަށް ގިނަވެގެން 01 ގަޑިއިރުގެ ވަގުތު ކޯޓް ބޭނުންކުރެއްވުން.

1.3- ބެޑްމިންޓަން ކުޅުއްވުމަށް ވަގުތު ހޯއްދަވާނީ ތިރީގައިމިވާ އީ-މެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރައްވައިގެން.

    1.3-1.   ހިތަދޫ އިޖުތިމާޢީ މަރުކަޒު: [email protected]

    1.3-2.   ގަން އިޖުތިމާޢީ މަރުކަޒު: [email protected]

    1.3-3.   މަރަދޫފޭދޫ އިޖުތިމާޢީ މަރުކަޒު: [email protected]

    1.3-4.   ހުޅުދޫ އިޖުތިމާޢީ މަރުކަޒު: [email protected]

1.4- އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓީކް އިޖުތިމާޢީ މަރުކަޒަށް ނުވެއްދުން.

1.5- ބެޑްމިންޓަން ކުޅުއްވުމަށް ބޭނުންކުރައްވާ ޕާސަނަލް ކިޓްގައި ހިމެނޭ ސާމާނު ރަނގަޅަށް ޑިސް އިންފެކްޓްކުރެއްވުން.

1.6- ކުޅިވަރު ހޯލުގައި އުޅުއްވާ ހުރިހާ ވަގުތެއްގައިވެސް ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދެއްވުން.

1.7- ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ކުޅިވަރު ފެސިލިޓީސް ބޭނުންނުކުރެއްވުން.

1.8- ކޮންމެ ކުޅުންތެރިޔަކުވެސް ހޭންޑް ސެނަޓައިޒާ ކުޑަފުޅިއެއް ގެންގުޅުއްވުން.

1.9- ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މަޑުކޮށްގެން ނުތިއްބެވުން.

1.10 - މީގެ އިތުރުވެސް ބެޑްމިންޓަން ފެސިލިޓީސް ބަލަހައްޓަވާ ފަރާތުން އެކުލަވާލައްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރެއްވުން.

 

2. ޖިމް އިންޑޯ ފެސިލީސް، ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް މުހިންމު ކަންތައްތައް:

2.1- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،

2.2- އެއްވަގުތެއްގައި ޖިމް ބޭނުންކުރެއްވޭނީ ގިނަވެގެން 05 މެންބަރުންނަށް، 01 ގަޑިއިރަށް.

2.3- ޖިމް ބޭނުންކުރެއްވުމަށް ވަގުތު ހޯއްދަވާނީ މި އިޢުލާނުގެ 1 ވަނަ މާއްދާގެ 1.3ގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރެސްތަކައް މެއިލްކުރައްވައިގެން.

2.4- އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓީކް ޖިމަށް ނުވެއްދުން.

2.5- ޖިމަށް ވަޑައިގަންނަވާއިރު ބޭނުންކުރައްވާ ކިޓްގައި ހިމެނޭ ސާމާނު (ތުވާލި، އަންގި، ބޫޓް އަދި ބެލްޓް ފަދަ ތަކެތި) ރަނގަޅަށް ޑިސްއިންފެކްޓް ކުރައްވައިގެން ބޭނުންކުރެއްވުން.

2.6- ޖިމްގައި އުޅުއްވާ ހުރިހާ ވަގުތެއްގައިވެސް ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދެއްވުން.

2.7- ޖިމްގައި ވޯކްއައުޓް ހައްދަވާ ކޮންމެ މެންބަރަކުވެސް ކުޑަ ހޭންޑް ސެނަޓައިޒާ ފުޅިއެއް ގެންގުޅުއްވުން.

2.8- މީގެ އިތުރުވެސް ޖިމް ބަލަހައްޓާ ފަރާތްތަކުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތުން ޢަމަލުކުރެއްވުން.

 

3. އިންޑޯ ފެސިލިޓީސް ތަކުގައި ކުޅޭ އެހެނިހެން ކުޅިވަރުތައް ކުޅުމުގައި ސަމާލުކަން ދެއްވަންޖެހޭ މުހިންމު ބައެއް ކަންތައްތައް:

3.1- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،

3.2- ކުޅިވަރު ކުޅެއްވުމަށް ވަގުތު ހޯއްދެވުމުގައި އިޖްތިމާޢީ މަރުކަޒުގެ އީ-މެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރައްވައިގެން ވަގުތު ހަމަޖެއްސެވުން.

3.3- ކުޅިވަރު ފެސިލިޓީސް ބަލަހައްޓާ ފަރާތްތަކުން އަންގަވާ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރެއްވުން.

31 މޭ 2020
ހޯދާ