ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އޮފީސް ދިވެހި އޮންލައިން ކޯސް

 

      

              ނަންބަރު: IUL)430-DBA-I/430/2020/14 )    

 

 

               އިޢުލާން 

 

         އޮފީސް ދިވެހި އޮންލައިން ކޯސް 

 

 

        ކޮވިޑު-19ގެ ފުރަބަންދުގައި ގޭގައި ތިބެގެން ދިވެހިބަހުގެ އަދަބީ ހުނަރުތަކާއި ބަހުގެ ގަވާއިދުތަކާއި ލިޔުންތެރިކަން ކުރިއަރުވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި މި އެކެޑަމީން މި އަންނަނީ އެކިއެކި ކޯސްތަކާއި ކިލާސްތައް އޮންލައިނުކޮށް ހިންގަމުންނެވެ. އެ ގޮތުން ސަރުކާރު މުވައްޒަފުންނަށް ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުން ކުރަން ދަސްކޮށްދޭ އޮންލައިން ކޯހެއް "އޮފީސް ދިވެހި" ކޯހުގެ ނަމުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. 

 

ކޯހުގެ މުއްދަތު: 20 ގަޑި 

ކޯސް ހިންގާނީ: އޮންލައިންކޮށް 

ކޯސް އަމާޒު ކުރާ ފަރާތް: ސަރުކާރު މުވައްޒަފުން 

ކޯސް ފަށާ ތާރީޚު: 10 ޖޫން 2020 

ކޯސް ފީ: ހިލޭ 

                   

        ވީމާ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން މި ކޯހުގައި ބައިވެރިވާން އެދޭ  މުވައްޒަފުން، މި ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު 2020 ޖޫން 7 ވާ އާދީއްތަ ދުވަހުގެ14:00ގެ ކުރިން މި އެކެޑަމީއަށް އެ ފޯމު ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން އެދޭ ނަމަ 7986230އާ ގުޅުން އެދެމެވެ. 

 

31 މޭ 2020
ހޯދާ