ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
19ވަނަ ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އާއި ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް އެތްލީޓުން ނެގުމަށް ހަމަޖެހިފައިވާ ތާރީޙް، ކޮރޯނާ ވައިރަސް

ނޫސްބަޔާން

          މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް "ކޮވިޑް 19" ގެ ސަބަބުން ދުނިޔެގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، އަދި ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވިފައިވުމާއި ގުޅިގެން، މި އެސޯސިއޭޝަނުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، 19ވަނަ ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އާއި ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް އެތްލީޓުން ހޮވުމާއި ގުޅޭގޮތުން، މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑުގެ މަޝަވަރާ އާއި، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕްވަރމަންޓް އޮނަރަބަލް އަޙްމަދު މަޙްލޫފް ގެ ލަފާފުޅާއި އަދި މި އެސޯސިއޭޝަންގެ އާންމު މެންބަރުންނާއި ކުރެވުނު މަޝްވަރާ އަށްފަހު، މި އަހަރު ނޭޝަނަލް ޗެމްޕިއަންޝިޕް އާއި ނޭޝަނަލް ޓީމް ހޮވުން ނުބޭއްވުމަށް ވަނީ ނިންމަފައެވެ.

          މި ދެންނެވުނު ބައްދަލުވުންތަކާއި މަޝްވަރާތަކުން، ނޭޝަނަލް ޗެމްޕިއަންޝިޕް މުބާރާތާއި، ނޭޝަނަލް ބޮޑީބިލްޑިންގ ޓީމް ނެގުން ދެންކުރިއަށްދާނީ މިދަންނަވާ ތާރީޙް ތަކުގައެވެ.

 

  • ·  19ވަނަ ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ – 26 މާރިޗް 2021 ގައިއެވެ.
  • ·  ނޭޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޓީމް އެތްލީޓުން ހޮވުމަށް ހަމަޖެހިފައިވަނީ – 2 އޭޕްރީލް 2021 ގައިއެވެ.

 

          މިފުރުސަތު ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އޮނަރަބަލް އިބްރާޙީމް މުޙައްމަދު ސޯލިޙް ޙިކްމަތްތެރިކައިއެކު ކުރަށްވާ މަސައްކަތްޕުޅަށާއި، އަދި މި ބަލިމަނޑުކަމުން މި ރާއްޖެ ސަލާމާތް ކުރުމަށްޓަކައި، ރެއާއިދުވާލު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަށްވާ އެންމެހައި ފަރާތްތަކަށް، މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑާއި، އާންމު މެންބަރުންގެ ނަމުގައި ހިތުގެ އިޙްލާސްތެރި ޝުކުރު ދަންނަވަމެވެ. އަދި މިފަދަ ދަތިއުނދަގޫ ޙާލަތުގައިވެސް، ތިޔަދައްކަވަމުންދާ، ކެއްތެރިކަމާއި ކިޔަމަންތެރިކަމަށްޓަކައި، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު 7812226 މޯބައިލް އާއި ގުޅުންއެދެން.

31 މޭ 2020
ހޯދާ