އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތަކާއި ފަތާ ޓްރެކް ހުޅުވުމާއި ގުޅޭ

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ނަންބަރު 2020/03 (26 މޭ 2020)ގެ ދެންނެވުމާއި އެއްގޮތަށް މިސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް ހުޅުވާ ގަޑި އިތުރުކުރެވުމާއި އެކު ފަތާ ޓްރެކް  2020 މޭ 31 އިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

 

1-    ފުޓްބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް، އައުޓްޑޯ އާންމު ކުޅިވަރު މައިދާންތައް އަދި ފަތާ ޓްރެކް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

1.1-         ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 06:00 އިން 22:00 އަށް.

1.2-         ކުޅިވަރު މައިދާންތަކަށް ކުޅުނުޖެހުން.

1.3-         ކުޅިވަރު މައިދާންތަކުގައި އުޅޭވަގުތު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.

1.4-         ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިކަމަށް ފާހަގަކުރެވިފައިވާނަމަ ކުޅިވަރު މައިދާންތަކަށް ނުދިއުން.

1.5-         ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މައިދާންތަކުގައި މަޑުކޮށްގެން ނުތިބުން.

1.6-         އެކަޑަމީތަކުން އެއްވެސް ހަރަކާތެއް ހިންގަންވާނީ އައްޑޫ އެމެޖެންސީ ސެންޓަރގެ ހުއްދަ ހޯދައިގެން.

31 މޭ 2020
ހޯދާ