މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ ފުރަބަންދުގެ ޙާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމާ ބެހޭ.

އިޢުލާން

            މާލޭ ސިޓީގެ ފުރަބަންދުގެ ޙާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމާ ބެހޭ.

             

              ކޮވިޑް – 19 އާއި ގުޅިގެން މާލޭ ސިޓީގެ ފުރަބަންދުގެ ޙާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާގޮތަށް ހަމަޖެހިފައިވާތީ، އެފަދަ ފަރާތްތަކުން 29 މެއި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

              މާލޭ ސީޓީ ކައުންސިލަށް މިކަމަށް އެދި ހުށަހަޅުއްވާނީ މާލޭ ސިޓީކައުންސިލްގެ ވެބްސައިޓް https://malecity.gov.mv ގައި މިކަމަށް ޚާއްޞަކުރެވިފައިވާ " ފަސޭހަ މަގު " https://faseyhagulhun.malecity.gov.mv/permit ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅުއްވާއިރު ކަމާބެހޭ ހުރިހާ މައުލޫމާތު ފުރިހަމަކުރައްވަންޖެހޭނެއެވެ. ފުރިހަމަ ކުރައްވަންޖެހޭ މަޢުލޫމާތު އެނގިވަޑައިގަންނަވާނެ ކަރުދާހެއް ވެބްސައިޓްގައި ހިމަނާފައިވާނެއެވެ. ހުއްދަ ހޯއްދެވުމަށް ލިސްޓްތައް ފޮނުވުމާ އަދި ކަމާބެހޭ ގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ހިންގާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 ހަވީރު 05:00 އަށެވެ. އެހެންކަމުން މިގަޑިތަކުގެ ފަހުން ހުށަހަޅުއްވާ ފަރާތްތަކަށް ހުއްދަ ދިނުމުގެ މަސައްކަތްތައް ހިނގާނީ ޖެހިގެން އަންނަ ދުވަހު ކަނޑައެޅިފައިވާ ވަގުތުގެތެރޭގައެވެ.

            މާލޭ ސިޓީ ކައުންސިލަށް ހުށަހަޅުއްވާ ފަރާތްތަކަށް ހުއްދަ ދޫކުރައްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންކަމުގައި ދެންނެވީމެވެ. ކަމާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3306719 ނަމްބަރއަށް މަތީގައި ދެންނެވިފައިވާ ގަޑީގެތެރޭގައެވެ.

             ފުރަބަންދުގެ ޙާލަތަށް އައި ބަދަލުތަކާގުޅިގެން މި ހުއްދަތަށް ދިނުމަށް ސިޓީ ކައުންސިލަށް ހުށަހެޅިއަސް ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކުރައްވާފައިވާ ހުއްދަތަށް އަދި ބާޠިލް ނުވާނެ ވާހަކަ ދަންނަވަމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

29 މޭ 2020
ހޯދާ