މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައިހޮޓާ ،ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވުން

ކޯވިޑް -19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކުރެވިފައިވާ ސައިހޮޓާ،ކެފޭ އަދި ރެސްޓޯރެންޓްތައް ތިރީގައިއެވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު 27 މެއި 2020 (ބުދަ) ދުވަހުގެ 15:00 ން ފެށިގެން އާންމުކޮށް ޚިދުމަތްދިނުމަށް ހުޅުވާލުމަށް ޓާސްކްފޯސްގެ މަޝްވަރާގެމަތިން ނިންމައިފީމެވެ.

  1.     ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކުން އަމަލުކުރާނެގޮތް:

     (ހ) ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ބަލައި މީހުން ވެއްދުމާއި މޭޒުތަކާއި ގޮނޑިތައް އެތުރުމުގައި ގައިދުރުކަން ބެހެއްޓޭނެފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން.

(ށ) ޚިދުމަތް ލިބިގަންނަ ފަރާތްތައް އެކަކު އަނެކަކާ ދެމެދު 3 ފޫޓުގެ ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމްކޮށްފައި ހުރުން.

(ނ) ޚިދުމަތްދޭ ގަޑީގައި މުވައްޒަފުން މާސްކުއަޅައިގެން ތިބުމާއި ،ސާވް ކޮށްދިނުމަށްފަހު އަތްދޮވުން. އަދި އަމިއްލަ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަންދިނުން.

(ރ) އޮންލައިންކޮށް ފައިސާދެއްކޭނެ އިންތިޒާމްތައް ހަމަޖައްސާފައި ހުރުމާއި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ބެހެއްޓުން.

(ބ) ކޮންމެ ކަސްޓަކަމަރަކަށް ޙިދުމަތްދީ ނިމުމުން މޭޒާއި ގޮނޑިތައް ޑިސްއިންފެކްޓު ކުރުމަށްފަހުގައިމެނުވީ އެހެންކަސްޓަމަރަކަށް ފުރުޞަތުނުދިނުން. އަދި ކޮންމެ ދުވަހެއްގެވެސް ޚިދުމަތްދޭ ވަގުތު ނިމުމުން، ތަޅުމާއި ކަސްޓަމަރުން އަތްޖެހޭ ތަންތަން ހެލްތް ޕޮރެޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ޑިސްއިންފެކްޓްކުރުން.

(ޅ) ބުފޭގެ ގޮތުގައި ޚިދުމަތް ނުދިނުނމާއި ވަކިވަކިން މޭޒުތަކަށް ސާރވްކުރާ ގޮތައް ޚިދުމަތް ދިނުން.  މީގެ އިތުރުން ދުފާއެއްޗެހި ޕެކެޓްގައި ސާރވް ކުރުން.

(ކ) ކަސްޓަމަރުންނަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި،ކަސްޓަމަރު އަތްދޮވުނުކަންކަށަވަރު ކުރުމާއި އަތްނުދޮންނަ ކަސްޓަމަރަކަށް ޚިދުމަތްނުދިނުން.

(އ) ރޯގާޖެހި ކެއްސާ މީހުންނާއި އުމުރުންދުވަސްވީމީހުން އަދި ކުޑަކުދިންނަށް ޚިދުމަތްނުދިނުން.

 

  1.    ޚިދުމަތްހޯއްދަވާ ފަރާތްތަކުން އަމަލުކުރާނެގޮތް:

(ހ) ކެފޭ ރެސްޓޯރެންޓްތަކަށް ދިއުމުގެ ކުރިން އަދި ފަހުން އަތްދޮވުން.

(ށ) ޓޭކްއަވޭގެ ގޮތުގައި ޚިދުމަތް ހޯދުމަށް އިސްކަންދިނުން.

(ނ) ކައިބޮއި ހަދާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާސްކް އަޅައިގެން  ހުރުން.

(ރ) ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދާ ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 3 ފޫޓްގެ ގައިދުރުކަން ބެހެއްޓުމަށް އިސްކަސްދިނުން.

(ބ) އޮންލައިންކޮށް ފައިސާ ދެއްކުމަށް އިސްކަންދިނުން.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

27 މޭ 2020
ހޯދާ