މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުކުޅޭ ދަނޑުތައް ހުޅުވުން

ކޯވިޑް -19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކުރެވިފައިވާ ކުޅިވަރުކުޅޭ ދަނޑުތައް ތިރީގައިއެވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު 27 މެއި 2020 (ބުދަ) ދުވަހުގެ 15:00 ން ފެށިގެން އާންމުކޮށް ކުޅިވަރުކުޅުމަށް ހުޅުވާލުމަށް  ޓާސްކުފޯސް ގެ ލަފަޔާއިއެކު ނިންމައިފީމެވެ.

(ހ) ކުޅިވަރުކުޅެން ދިއުމުގައާއި ނިންމާފައި އެނބުރި ގެއަށް އަންނައިރު ގުރޫޕް ހަދައިގެން ނުދިއުން.

(ށ) ކުޅިވަރުކުޅުމުގައި ގައިދުރުމަމަށް ޚާއްސަ ސަމާލުކަމެއްދިނުން.

(ނ) ކުޑަކުދިންނާއި އުމުރުން ދުވަސްވީމީހުން އާންމު ކުޅިވަރު ދަނޑުތަކަށް ނުދިއުން.

(ރ) ބޭރަށް ނުކުންނަވާއިރު މާސްކުއެޅުން.

(ބ) ރޯގާޖެހި ކެއްސާނަމަ ކުޅެންނުދިއުން.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

27 މޭ 2020
ހޯދާ