ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޮރޯނާ ވައިރަސް "ކޮވިޑް 19" ގެ ސަބަބުން ދިވެހި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 54ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ފަސްކުރުމާއި ބެހޭ

ނޫސްބަޔާން

ކޮރޯނާ ވައިރަސް "ކޮވިޑް 19" ގެ ސަބަބުން ދިވެހި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 54ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ފަސްކުރުމާއި ބެހޭ

          މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް "ކޮވިޑް 19" ގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވިފައިވުމާއި ގުޅިގެން، މި އެސޯސިއޭޝަނާއި، އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނާއި ގުޅިގެން 2020 ސެޕްޓެމްބަރު 5ން 11އަށް ބޭއްވުމަށް ހަމަޖެހިފައިވާ 54ވަނަ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވުމާއި ބެހޭ ގޮތުން، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕްވަރމަންޓް އާއި އޭ.ބީ.ބީ.އެފް އަދި މި އެސޯސިއޭޝަނާއި ކުރެވުނު މަޝްވަރާތަކަށްފަހު މި އަހަރު މުބާރާތް ނުބޭއްވުމަށް ވަނީ ނިންމަފައެވެ.

          މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްޙީ ނުރައްކާތެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، އިންޓަނޭޝަނަލް ފެޑަރޭޝަނާއި އަދި މި އެސޯސިއޭޝަނުން ވެސް އިސްކަން ދެއްވާފައިވާނީ، މުޖުތަމަޢުގެ ރައްކާތެރިކަމާއި އަދި ފަރުދުންނާއި، މިކުޅިވަރު ގައި ބައިވެރިވެލައްވާ އެތްލީޓުންނާއި އަދި މި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރަށްވާ ފަރާތްތަކުގެ ރައްކާތެރިކަމަށެވެ.

          މި ބައްދަލުވުމުގައި ކުރެވުމުނު މަޝްވަރާގެ ތެރެއިން އަލުން މި ދެންނެވުނު މުބާރާތް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2021 ސެޕްޓެމްބަރު 1ން 7އަށް ކަމުގައި އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

          މިފުރުސަތު ގައި މި އެސޯސިއޭޝަނުން އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެނީ، މިފަދަ ސިއްޙީ ޙާއްސަ ޙާލަތް ތަކުގައި ދަޢުލަތުގެ އެކިއެކި ވުޒާރާތަކުން ދެއްވަމުންގެންދަވާ އެކިއެކި އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމާއި، ކިޔަމަންތެރިކަން އަދާކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ފަރުދީ ޒިންމާއެއްކަމުގައި މި އެސޯސިއޭޝަނުން ދެކެމެވެ.

 

އިތުރު މަޢުލޫމާތު 7812226 މޯބައިލް އާއި ގުޅުންއެދެން.

24 މޭ 2020
ހޯދާ