ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 އާއި ގުޅިގެން ވަންދޫގައި އެޅިފައިވާ ފިޔަވަޅުތައް އިސްލާހްކުރުން

ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް- 19 އާއި ގުޅިގެން 23 މެއި 2020 ގެ 00:00 ން ފެށިގެން ތ. ވަންދޫގައި ތިރީގައިވާފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

 1. ކޮވިޑް 19 އާއި ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަންދޫގެ އެކިސަރަހއްދުތަކުގައި އާއްމުން އެއްވެއުޅުމުގައި ގައިދުރުކަންހުންނާނޭ ގޮތުގެމަތީން މާސްކުއަޅައިގެން އެއްވެ އުޅުމުގެ ހުއްދަދިނުމަށް.
 2. ރަށުގެ އެކިސަރަހައްދުތަކުގައިވާ ޖޯލިތައް ބެހެއްޓުމަށާއި ފިނިމައިޒާންތައް ހުޅުވާލުމަށް.
 3. ރަށުގެ ކެފޭތަކުގައި ގައިދުރުކަން ހުނާނޭގޮތުގެމަތީން ހިދުމަތް ދިނުމުގެ ހުއްދަދިނުމަށް.
 4. ރަށުގެ ފިހާރަތަކުގައި ގައިދުރުކަންހުންނާނޭގޮތައް ޚިދުމަތްދިނުމަށް.
 5. ރަށުގެ ފިހާރަތައް ނަމާދުވަގުތުތައްފިޔަވައި ހެނދުނު 9:00 އިން ރޭގަނޑު 23:00 އަށް ހުޅުވާފައި ބެހެއްޓުމަށް.
 6. ރަށުގައި އެސްޓީއޯގެ މިންގަނޑާއި އެއްގޮތައް ކާޑުވިއްކަމުންދާކަން ޔަގީންކުރުން އަދި ފިހާރަތަކުގައި ކާޑު ހުރިމިންވަރު ދުވަހުންދުވަހައް އަދާހަމަކުރަމުންދިއުން.
 7. ޒަރޫރީ ބޭނުމަށް ގެނެވޭ ތަކެތިފިޔަވައި ރަށައް މުދާގެނައުމާއި ރަށުން މުދާފޮނުވާ ދުވަސްތަކުގެ ގޮތުގައި ހަފްތާގެ ހޮނިހިރު އަދި އަންގާރަދުވަސް ކަނޑައެޅުނު. މިގޮތުން އަތޮޅުފެރީ އާއި މާލެދަތުރުކުރާ ބޯޓްތައް އިސްތިސްނާވާނެއެވެ.
 8. އުޅަނދުފަހަރު ލަފާފުރާ ސަރަހައްދެއްގެ ގޮތުގައި ރަށުގެ ބަނދަރުގެ ދެކުނުކޮޅު ކަނޑައެޅުނު.
 9. މާލެއިން ތަކެތި ގެނައުމާއި ގެންދިއުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ މިންގަނޑާއި އެއްގޮތައް އަމަލުކުރުމަށް ނިންމުނު.
 10. ފަރުމަސްވެރިކަން ކުރުމުގެ ހުއްދަދިނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޤަވާއިދާ އެއްގޮތައް އަމަލުކުރުމަށްނިންމުނު.
 11. ރަށުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައްނަގައި ކޮންމެފްތާއެއްގައި އެފަރާތްތަކުގެ ހާލަތު މޮނިޓަރކުރުމަށް ނިންމުނު.
 12. ކައުންސިލްގެ ނިންމުންތަކާއި ހިލާފްވާ ފަރާތްތަކަށް ކުށުގެ ކުޑަބޮޑުމިނައްބަލައި ފުރަތަމަފަހަރަށް ނަސޭޙަތް ދިނުމަށް.
 13. ކައުންސިލްގެ ނިންމުންތަކާއި ތަކުރާރުކޮށްހިލާފްވެއްޖެނަމަ ކުށުގެ ކުޑަބޮޑުމިނައްބަލައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ނިންމުނު.
 14. ކައުންސިލްގެ ނިންމުންތައް ކޮވިޑް 19 އާއި ގުޅިގެން އެކުލަވާލެވިފައިވާ ޓާސްކްފޯސްގެ ބެލުމުގެދަށުން ތަންފީޒްކުރުމަށް ނިންމުނު.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

23 މޭ 2020
ހޯދާ