މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ލޮކްޑައުންގެ ހާލަތުގައި އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް އޮންލައިންކޮށް ހުށަހެޅުން

އިޢުލާން

މާލޭ ސިޓީ ލޮކްޑައުންގެ ހާލަތުގައި އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް އޮންލައިންކޮށް ހުށަހެޅުން

 

          ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކުރެވި ސަރުކާރުގެ އެންމެހައި އޮފީސްތައް ބަންދުކޮށްފައިވާތީ، މާލޭ ސިޓީގެ ލޮކްޑައުން އުވާލަންދެން މާލޭ ސިޓީގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް މި ކައުންސިލްގެ ވެބްސައިޓު www.malecity.gov.mv  މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ އެންމެހައި ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިހާލަތުގައި ގިނަފަރާތްތަކެއްގެ އެދުމުގެމަތިން މި ކައުންސިލްގެ ވެބުސައިޓު މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ދޫކުރެވޭ ވަގުތީ ސެޓުފިކެޓު ބޭނުންކުރެވޭނީ މާލޭ ސިޓީގެ ލޮކްޑައުންގެ ހާލަތު އުވާލަންދެން ކަމުގައިވެސް ދަންނަވަމެވެ. އަދި ދާއިމީ (އަސްލު) ސެޓުފިކެޓު ލިބިވަޑައިގަންނަވާނީ އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓުފިކެޓު މި ކައުންސިލަށް ހުށަހެޅުމުން ކަމުގައިވެސް ދަންނަވަމެވެ.

            ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

22 މޭ 2020
ހޯދާ