ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާސާރީ ސަހަރައްދު ވެއްޓިފައިއޮތް 2 ގަސް ދިއްގާ ނީލަން ކިޔުން

2020 މެއި 18 ވަނަ ދުވަހުކުރި ގަދަވިއްސާރައިގާ ނިލަންދޫ އާސާރި ސަރަހައްދުގައި ހުރި 2 ގަސް ދިއްގާވަނީ ވެއްޓިފައެވެ. މިގަސްތައް ނީލަންކިޔުން 2020 މެއި 25 ވާ ހޯމަ ދުވަހުގެ ހަވީރު 04.30 ގައި އެސަރަހައްދުގައި އޮންނާނެއެވެ. ނީލަން ފެށޭނެ އެންމެ ކުޑައަގަކީ ކޮންމެ ގަހެއް -/100 ( ސަތޭކަ ރުފިޔާ ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނީލަން ފެށުމަށް ހަމަޖައްސާފައިވާ ސަރަހައްދަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޟިރުވެ ދެއްވުން އެދެމެވެ. ނީލަމުން ގަސްތައް ނަންގަވާ ފަރާތްތަކުން 2020 މެއި 27 ވަނަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން މިއިދާރާއަށް ފައިސާ ދެއްކެވުމަށްފަހު ނީލަމުން ނެންނެވި ގަސްތައް 03 ދުވަހުގެ ތެރޭގައި ބިމުންކޮނެގެން ނަންގަވައި ތަންސާފް ކުރެއްވުން އެދެމެވެ.

 

20 މެއި 2020

20 މޭ 2020
ހޯދާ