ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމާ ގުޅޭ

ކޮވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ޖަމާއަތަށް ދިއުމުގައި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބޯލެބުމަށް އިލްތިމާސް ކުރަމެވެ. ކާފިއު ނިމުނު ކަމުގައިވިޔަސް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އަމަލު ކުރަމުންދާ އުސޫލަށް ބަދަލެއް ނާންނާނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  މީގެ އިތުރުން ޕާކުތަކާއި، ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު ސަރަހައްދުތައް ވެސް ވަކި ގޮތެއް އަންގަންދެން ބަންދު ކުރެވިފައިއޮތް އޮތުން ދެމި އޮންނާނެއެވެ. ކާފިއުއަށް ނިމުން ގެނައި ކަމުގައިވިޔަސް އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމަށާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމެވެ. މި ފުރުޞަތުގައި ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވަމެވެ.

22 މޭ 2020
ހޯދާ