ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދަލުޒަކާތް ދެއްކުމާއިބެހޭ

މުދަލު ޒަކާތް ދެއްކުމާއި ބެހޭ

               1441 ވަނަ އަހަރު މުދަލު ޒަކާތް ދެއްކުމަށް ބޭނުންވާ ބޭފުޅުން ޒަކާތް ދެއްކުމަށް ޓަކައި އެބޭފުޅެއްގެ ޖަމާގައިހުރި ފައިސާއާއި މުދާ ހިސާބު ކުރުމަށްފަހު ހިޖުރީ ސަނަތުން އަހަރުދަވަސް ހަމަވެފައިވާ މުދަލަކުން ދެއްކުން ވާޖިބުވެ ޒަކާތުގެ ނިޞާބު ހަމަވާ މުދަލުން އަދާކުރަން ވާޖިބު ޒަކާތެއް ކަމަށްވާތީ، މިޒަކާތް އަދާކުރަން ބޭނުންވާ ބޭފުޅުން ޒަކާތު ފައިސާ ޖަމާކުރާނީ ހަނިމާދޫ ކައުންސިލްގެ މިދަންނަވާ އެކައުންޓަށެވެ. 02 އޮކްޓޯބަރ 2019 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5128.90 (ފަސްހާސް އެއްސަތޭކަ އަށާވިސް ރުފިޔާ/ނުވަދިހަ ލާރި)

އެކައުންޓްގެ ނަން: 1296،ޚަރަދު 2 އެކަންޓް ނަންބަރ:004 700320 7706

                ވީމާ މުދަލު ޒަކާތް ދައްކަވާ ފަރާތްތަކުން މިއަދުންފެށިގެން 31 މެއި 2020 ވަނަ ދުވަހުގެ ކުރިން މަތީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު މުދަލު ޒަކާތުގެ ފައިސާ ދެއްކުން MIRA510 ފޯމް  ހަނިމާދޫ ކައުންސިލްގެ އިދާރާގެ އީމެއިލް [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ.

ވީމާ މިކަން އާއްމުކޮށް އެއްގުމަށް ޓަކައި އިޢުލާން ކުރީމެވެ.

17 މޭ 2020
ހޯދާ